ދައުލަތުގެ ދަރަނިތައް އަލުން އެކުލަވާލުމުން ހިޔާ ފުލްޓްތަކުގެ ކުލި ބޮޑުތަނުން ކުޑަކުރެވޭނެ: ބޮންޑޭ
އައިއެމްއެފް އާއި ގުޅިގެން ދައުލަތުގެ ދަރަނިތައް އަލުން އެކުލަވާލުމުން ހިޔާ ފުލްޓްތަކުގެ ކުލި ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ ވިދާޅުވީ ދައުލަތުގެ ދަރަނިތައް އަލުން އެކުލަވާލުމުން ކުލި ނުދެއްކޭ ފުލެޓްތަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ތެރޭން އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.
"އައިއެމްއެފް އާއި ގުޅިގެން ދައުލަތުގެ ދަރަނިތައް އަލުން އެކުލަވާލުމުން ހިޔާ ފުލްޓްތަކުގެ ކުލި ބޮޑުތަނުން ކުޑަކުރެވޭނެއެވެ. ޢަދި ކުލި ނުދެއްކޭ ފުލެޓްތަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ތެރޭން އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެއެވެ. ފޮރުވޭނެ އެއްޗެއްނެތް!" ބޮންޑޭ ވިދާޅުވިއެވެ.
ހިޔާ ފުލެޓުތަކުގެ ކުލީގެ މައްސަލައަކީ އެފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަނުން ވަރަށް ބޮޑަށް ފާހަގަކުރާ މައްސަލައެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަރަކާތްތެރިވާ ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ދާދިފަހުން އެތަނުގެ ކުލި ކުޑަކުރުމަށް 3 ގޮތެއް ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ފާހަގަކުރެއްވި 3 ގޮތަކީ ކުލި ދައްކަން ޖެހިފައި އޮތް މުއްދަތަށް ބަލައި ކުލި ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުން، ކުލި ދެއްކުމަށް ދަތިވާ މީހުން ބަލައި ދައުލަތުން އެފަދަ ފަރާތްތަކަށް ސަބްސިޑީއެއް ދިނުން އަދި ހިޔާ ފުލެޓްތަކުގެ އެންމެންގެ ކުލި އެއް އަދަދަކަށް ކުޑަކުރުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހިޔާ ފުލެޓްތަކުގެ އަގު ކުޑަކުރަންވީ، 1 މިލިޔަނަށް ވިއްކާއެތި 2.225 ހަށް ވިކަން މިއުޅެނީ، ހިޔާ ފުލެޓްގެ ހަމަ އަގުގައި ވިއްކާލަންވީ އެއީ 1 މިލިޔަން ބަޔަކުމީހުން ޖީބަށްލާން ކޮންމެ އެޕާޓްމެންޓަކުން 1 މިލިޔަން އިތުރުކޮށްގެން އުޅެނީ !