ލުބުނާނުން އިސްރާއީލަށް 30 ރޮކެޓު ފޮނުވާލިކަމަށް ބުނެފި

ޤުދުސްގެ އަލްއަޤްޞާ މިސްކިތުގެ ތެރޭގައި އިސްރާއީލު ފުލުހުން ފަލަސްޠީނަށް ޖެހިޖެހިގެން ދެވަނަ ރޭ ހަމަލާދިންތާ އެއް ދުވަސް ފަހުން ލުބްނާނުން ފޮނުވާލި ރޮކެޓްތަކެއް ހުއްޓުވާފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މި ހަމަލާތަކާއި ގުޅިގެން ޝަލޯމީ އަވަށާއި އިޒްރޭލުގެ އުތުރުގެ މޮޝަވް ބެޓްޒެޓްގައި އިންޒާރުގެ ސައިރަން އެލާމްވެފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލުބްނާނުން 34 ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި، އޭގެ ތެރެއިން 25 ރޮކެޓް ހުއްޓުވައިފައިވާއިރު ހަތަރު ރޮކެޓު ވަނީ އިސްރާއީލަށް އަމާޒުވެފައި ކަމަށެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ ރޮކެޓް ހަމަލާއަށް ފަހު، ބޯޑަރު ހުރަސްކޮށް އިޒްރޭލުގެ އާޓިލަރީ ބަޑީގެ ހަމަލާތަކެއް ވަނީ ފޮނުވައިލާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ މި ރޮކެޓް ހަމަލާގެ ޒިންމާ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ ބޮލުގައި އަޅުވައިފައެވެ.
ލުބުނާނުން ދިން ރޮކެޓް ހަމަލާގައި އީރާނުގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް އިސްރާއީލުން ވަނިީ ބުނެފައެވެ.