މެދުއިރުމަތި ދުނިޔެ

އިސްރާއީލުން ޢައްޒާއާއި ލުބުނާނަށް ބޮންއަޅަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާއި ލުބުނާނަށް ބޮން އަޅަން ފަށައިފިއެވެ.

Ads by Sosun Fihaara

ލުބްނާނުގެ ދެކުނުގެ ސަރަހައްދާއި ޣައްޒާއަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތައް ދޭން ފަށާފައި މިވަނީ އެ ގައުމަށް ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށްބުނެއެވެ. ފަލަސްތީނުގެ މަޝްރަހު ހަލަބޮލިވެފައިމިވަނީ ރަމަޟާން މަހު އަޤްސާ މިސްކިތަށް ނަމާދަށް އެއްވި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލު ސިފައިން ވަދެ، ސްޓަން ގްރެނޭޑް ޖަހައި، ފަލަސްޠީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް ޙަމަލާތަކެއް ދީފައިވަނިކޮށްށެވެ.

އިސްރާއީލުން ލުބްނާނަށް ހަމަލާދޭނެކަން އިއުލާނުކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހު އިސްރާއިލު ގަޑިން 4:07 ގައި މި ހަމަލާތަކަކީ ހަމާސް ޖަމާއަތަށް އަމާޒުކުރާ ހަމަލާތަކެއް ކަމަށްބުނެއެވެ. އޭގެ ކުރިން ރޭ ދަންވަރު އިސްރާއިލުން ވަނީ ފަލަސްތީނަށް ވައިގެ ހަމަލާތައް ދީފައެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކަށް ލާއިންސާނި އަނިޔާ ދީ  ޒަހަމް ކޮށްލާފައިވާއިރު، އަލްއަޤްޞާ މިސްކިތް ޖެހިޖެހިގެން ދެ ރޭ ވަދެގަނެ ބަލައި ފާސްކޮށް ފަލަސްތީނުގެ އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ދީފައެވެ.

މީގެ އިތުރުން ނަބްލޫސްގައި އިޒްރޭލު ސިފައިން ވިހަ ގޭހުން ކެނިސްޓާތަކަކުން ދިން ހަމަލާތަކެއްގައި 12 މީހުން ޒަހަމްވެފައިވާ އިރު، އުތުރުގެ ސިޓީއެއް ކަމަށްވާ ހެބްރޮން ކައިރީގައި އޮންނަ ބެއިޓް އުއްމާރު އަވަށުގައި އެކަކަށް ވަނީ ލައިވް ބަޑިން ހަމަލާދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!