Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިސްކަން ދެނީ ވައުދު ފުއްދަން، ސިޔާސީ ހަލަބޮލިކަމެއް ބޭނުމެއް ނޫން: ރައީސް

އިސްކަން ދެނީ ވައުދު ފުއްދަން، ސިޔާސީ ހަލަބޮލިކަމެއް ބޭނުމެއް ނޫން: ރައީސް
ދައުލަތުގެ ތިންބާރުގެ ވެރިންނަށް ތިއްބަވާ ބޭފުޅުން ބަލަންޖެހޭނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށްނުވަދެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް އިބްރާހިމްގެ ކެމްޕެއިންގައި ގުޅީގައި މިއަދު އޮތް ކެމްޕެއިން އިވެންޓުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިހާތަނަށް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށާއި، ހުށަހެޅި މެނިފެސްޓޯ ބަރާބަރަށް ތަންފީޒު ކުރެއްވުމަށް ކަމަށެވެ. ދައުލަތުގެ ތިންބާރުގެ ވެރިންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކަވަން ޖެހޭ ބޭފުޅުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ތިންބާރުގެ ވެރިންވެސް ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވަނުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެޅޭ ހުރަހެއްކަމަށެވެ.
އެއީ އުއްތަމަފަނޑިޔާރު ކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވިޔަސް އަދި ސަރުކާރު ހިންގަން ހުރި ރައީސް ކަމަށް ވިޔަސް. ރައްޔިތުން އިންތިހާބު ކުރުމަށް ފަހު އެންމެ އިސް މަގާމަކަށް އައުމަށް ފަހު އަޅުގަނޑުމެންގެ ކުރިމަތީގައި އެ ނޫން ކަމެއް އޮވެގެން ނުވާނެ.
– ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަޔް ކުރުމަށް އިންތިޚާބު ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެވެސް އެންމެ އިސްކަމެއް ކަމުގައި އަބަދުވެސް ދެކެންވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައިވެސް މަސައްކަތް ކުރައްވާނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. ރައީސް ޞާލިހު މިހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައި ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާތީކަމަށް ބެލެވެއެވެ. ނަޝީދު ގެންދަވީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއި ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. މިއިވެންޓުގައި ރައީސް ވަނީ ގުރައިދޫ ދާއިރާގެ ތިން ރަށަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށްވެސް އަލި އަޅުވާލާފައެވެ. އެމަނިކުފާނު ވިދާޅުވީ ގުރައިދޫ ދާއިރާގެ ތަރައްޤީ ކުރިއަށް ގެންދިއުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ މެމްބަރެއް ހުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް