ޚަބަރު ސިޔާސީ

އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރާކަމަށް ބުނެ ބައިއަތު ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު މީހުންނާ: ނިޔާޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރާކަމަށް ބުނެ ބައިއަތު ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު މީހުންނާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިޔާޒް ވަނީ އެމްޑީޕީގެ ސިޔާސަތު ތަކާއި ދެކޮޅު މީހުންނާއެކު އެސިޔާސަތު ހިންގަން ބައިއަތު ހިފުން މިއީ ސިޔާސީ ކަމެއްތޯ އައްސަވައި ސުވާލު އުފައްދަވައިފައެވެ.

"އެމް.ޑީ.ޕީ ގެ ސިޔާސަތު ސަރުކާރުން ތަންފީޒު ނުކުރާކަމަށް ބުނެ ބައިއަތު މި ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު ފިކުރު މީހުންނާ. އަދި އެމީހުންނާއެކު އެ ސިޔާސަތު ހިންގަން!މީ ސިޔާސީ ވާހަކައެއްތޯ؟ ނޫނީ ބުއްދިގަބޫލުކުރާ ހަމަޖެހޭ ވާހަކައެއްތޯ؟" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް މިހެން ވިދާޅުވަނީ، ސަރުކާރުންވަނީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލާފައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަމްރު ރޭ ވިދާޅުވީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލާ ވަކި ސިޔާސަތެއް އަމާޒެއް ނެތި ކަންކަން ކުރަމުން ގެންދިޔުމުގެ ސަބަބުން ބޮޑެތި މާލީ އިގްތިޞާދީ އަދި އިޖްތިމާއި މައްސަލަތައް މި ހަތަރު އަހަރު ތެރޭގައި ކުރިމަތި ވެފައިވާކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރު ގެއްލިފައި ވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އޭނާ ކުރާނެކަމެއް ނޫންކަމަށެވެ.

Ads by HDC
  1. ޑެރަ

    އޭގެ ބޭނުމަކީ ކަލޭމެންގެ ވެރިކަން ބަދަލު ކުރުމަށްފަހު ދެން ލިބޭ ފުރުސަތުގައި އެ ތަންފީޒުކުރަން މަޑުކުރުން. ހިތިބޭސް ބޮއިގެން ފަހުން ރަނގަޅުވޭދޯ. ތިޔަ މީހުންނަށް މަޑުކޮށްގެންތިބެ މިކަން ރަނގަޅު ނުކުރި