ޚަބަރު ރައްޔިތުންގެ މަޖިލިސް

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ދަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

Ads by STELCO

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށްކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޖުމްލަ 6 ވޯޓު ފޮއްޓެއްވަނީ ބަހައްޓައިފައެވެ. މިގޮތުން ކ.ގުޅީގައި 1 ފޮށި، މާފުށީގައި 2 ފޮށި، ގުރައިދޫ ގައި 2 ފޮށި އަދި މާލޭ އިއްޒުއްދީނު ސުކޫލުގައި 1 ފޮށިވަނީ ބަހައްޓާފައެވެ. މިހުރިހާ ވޯޓުފޮއްޓެއްގައިވެސް ވޯޓުލުން މިއަދު ހެނދުނު 8 ޖެހި އިރު ވަނީ ފަށައިފައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރައްވާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!