މި އަހަރުގެ ފިޠުރުޢީދު ނަމާދު ބޮޑު ޖަމާޢަތުގައިކުރާނެ: އިސްލާމިކް މިނިސްޓްރީ

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.
މިގޮތުން އެމިނިސްޓްރީން ވަނީ މިއަހަރު މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ތަންތަން އިއުލާނުކުރައްވައިފައެވެ. އެތަންތަނަކީ
- މާލެ- މާފަންނު ސްޓޭޑިއަމްގައި
- މާލެ- އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު
- މާލެ- މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު
- ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)
- ވިލިމާލެ- ފުޓްބޯޅަ ދަނޑު






ކޮމެންޓް