ފަލަކީ ހިސާބުން ދައްކާގޮތުގައި ހުކުރު ދުވަހަކީ ޢީދު ދުވަސް: މައުމޫން

ފަލަކީ ހިސާބުން ދައްކާގޮތުގައި ހުކުރު ދުވަހަކީ އީދު ދުވަސްކަމަށް ކުރީގެ ރައީސް އަދި ފަލަކީ ޢިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ޢީދު ދުވަހާއި ބެހޭ ގޮތުން އާއްމުންގެ މީހަކު ޓްވިޓާ މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އީދަށް ވާނީ ހުކުރު ކަމަށް ރައީސް މައުމޫނު ވިދާޅުވީ ނަމަވެސް އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ(އައިއޭސީ)އިން ލަފާކޮށްފައިވަނީ މިފަހަރުގެ ފިތުރު ޢީދު ދުވަސް ކަމަށް ވާނީ ހޮނިހިރު ދުވަސް ކަމަށެވެ.
ރާއްޖޭގެ ޚިޖްރީ ކަލަންޑަރުގައި ވާގޮތުން މިފަހަރުގެ ފިތުރު ޢީދު ދުވަހަށް ވަނީ ހުކުރު ދުވަހެވެ.