ކުޅިވަރު

ތޯމަސް މުލާ: ފުޓްބޯޅައިގެ ބޮޑު ދެ ބާރު ބޮޑުތަފާތަކުން ބަލިކޮށް ލަދު ގަންނަވާލުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތަފާތު ބޮޑުކޮށް ރޭ ބާސެލޯނާ ބަލިކޮށް ޖަރުމަނުގެ ބަޔާން މިޔުނިކް ހޯދި ކާމިޔާބާއެކު ބަޔާންގެ ތަރި ތޯމަސް މުލާގެ ވާހަކަ މިވަނީ މީޑިއާގައި އާންމުވެފައެވެ. އެގޮތުން އޭނާ ފާހަގަ ކުރެވިގެން ދިޔައީ ފުޓްބޯޅައިގެ ތާރީހުގައި ވެސް މިހާތަނަށް ބޮޑު ތަފާތަކުން ބޮޑު 2 ޓީމު ބަލިކޮށް ލަދުގަންނަވާލުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

Ads by MWSC

މީގެ ތެރެއިން އެއް މެޗަކީ ފުޓުބޯޅައިގެރަސްގެފާނުކަމުގައި ގިނަ ބަޔަކު ސިފަ ކުރާ ބްރެޒިލް 2014 ވަނަ އަހަރުގައި ޖަރުމަނު އަތުން ވަނީ 7-1ގެ ލަދުވެތި ނަތީޖާއަކުން ބަލިވި މެޗެވެ.

އަމިއްލަ ގައުމުގައި 8 ޖުލައި 2014 ވީ އަންގާރަ ދުވަހު ކުޅެވުނު މެޗުގައި ބްރެޒިލް ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވަނީ ކުޑަ ކަކޫ ޖަހާފައެވެ. ޖަރުމަނުން ފުލުފުލުގައި ބްރެޒިލްގެ ފޫ ގޮސްފައި އޮތް ޑިފެންސް ހުރަސްކޮށް ގޯލްތައް ޖަހާ ފުޓްބޯޅައިގެ ރަސްގެފާނު ހަމަ ބިމަށް ތިރި ކުރިއިރު ތޯމަސް މުލާ ވަނީ މޮޅަށް ކުޅެ ގޯލެއް ޖަހާފައެވެ.

ރޭގެ މެޗުގައިވެސް ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ސުޕެއިންގެ ބާސެލޯނާ 8-2ގެ ބޮޑު ތަފާތަކުން ބަލިވިއިރު މުލާ ވަނީ މޮޅަށް ކުޅެ 2 ގޯލް ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗަށް ފަހު މުލާ ބުނީ ބާސެލޯނާއިން ރޭގެ މެޗު ކޮންޓްރޯލް ކުރި ވަރަށްވުރެ މާ ރަނގަޅަށް ބްރެޒިލް އިން 2014 ވަނަ އަހަރު ޖަރުމަނު ކޮންޓްރޯލް ކުރިކަމަށެވެ. އަދި ރޭގައި ބާސެލޯނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ދަށް ކުޅުމެއް ކަމަށް މުލާ ފާހަގަ ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!