ޚަބަރު ސިޔާސީ

ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ދިވެހީން ނެތުމަށްވުރެ ބޮޑު ޤައުމީ މައްސަލައެއް ނެތް: ޖާބިރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިސޯޓުތަކުގެ އިސް ބައެއް މަޤާމުތަކުގައި ދިވެހިން ނެތުމަށް ވުރެ ބޮޑު ޤައުމީ މައްސަލައެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާ ގުޅޭ ޤަރާރެއް މަޖިލީހަށް ހުށަހަޅުއްވާ ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދިޔުމުގައި، ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ބޮޑު ދައުރެއް އޮންނަކަން ޖާބިރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޖާބިރު ހުށަހެޅުއްވި ޤަރާރުގައި ބުނެފައި ވަނީ ފަތުރުވެރިކަމަކީ އިޤްތިޞާދުގެ ލޭނާރުކަމަށްވާއިރު މިހާރު ރާއްޖޭގައި އެފަދަ މަޤާމުތަކަށް ބޭނުންވާ ޤާބިލު މީހުންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދެވިފައި ހުންނަން ޖެހޭ ކަމަށެވެ.

ބައިގަރުނު ވީ އިރުވެސް އެކަންކަމަށް ހައްލު ލިބިފައި ނުވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ބޮޑެތި މުސާރަ ލިބޭ މީހުންގެ ތެރޭގައި ގިނަ އަދަދަަަކަށް ބިދޭސީން ތިބި ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް ކަަމަށް ވާއިރު ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމުތަކުގައި ދިވެހިން ތިބުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!