Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ބޮލީވުޑް

ޝާހު، ސަލްމާން، އަޖޭ އަދި އަމީތާބުގެ އަތުން ޓުވިޓާ ނޫ ފާހަގަ އަތުލައިފި

ޝާހު، ސަލްމާން، އަޖޭ އަދި އަމީތާބުގެ އަތުން ޓުވިޓާ ނޫ ފާހަގަ އަތުލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝާހުރުކް ހާން، ސަލްމާން ހާން، އަޖޭ ދޭވްގަން އަދި އަމީތާބު ބައްޗަންގެ އަތުން ޓުވިޓާ ނޫ ފާހަގަ (ބްލޫ ޓިކް) އަތުލައިފި އެވެ.

އީލޮން މަސްކް ޓުވިޓާ ގަތުމަށްފަހު އެ އެޕްލިކޭޝަންގެ ގަވާއިދުތައް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ނޫ ފާހަގަ ބޭނުންވާނަމަ ފައިސާ ދައްކަން ޖެހޭ ގޮތަށް ޓުވިޓާއިން ވަނީ އުސޫލު ހަދައިފަ އެވެ. ކުރިން ނޫ ފާހަގަ ދެނީ ޓުވިޓާގައި އެކްޓިވް އަދި މަޝްހޫރު މީހުންނަށެވެ.

ޓުވިޓާއިން އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ބޮލީވުޑްގެ ގިނަ ތަރިން ފައިސާ ދައްކާކަށް ބޭނުމެއް ނޫނެވެ. ބެލެވޭ ގޮތުގައި މި ތަރިން އަތުންވެސް ނޫ ފާހަގަ އަތުލީ ފައިސާ ނުދައްކާތީ އެވެ. ހޮލީވުޑްގެ ބައެއް އެކްޓަރުން ވަނީ ނޫ ފާހަގައަށް ފައިސާ ދައްކައިފަ އެވެ.

Advertisement
HDC — Sidebar (box)

ޓުވިޓާގައި މިހުރިހާ ތަރިންގެ ފޭން އެކައުންޓުތައްވެސް ހިންގަ އެވެ. އެ އެކައުންޓުތަކުން ވަނީ ނޫ ފާހަގަ ގަނެފަ އެވެ. އިންޑިއާގެ އާންމުންގެ ގިނަ ފަރާތްތަކުން ދަނީ ނޫ ފާހަގަ އަތުލަން ނިންމުމާއި ގުޅިގެން ޝަކުވާ ކުރަމުންނެވެ.

ޓުވިޓާގެ އާ އުސޫލުތަކުގައިވާ ގޮތުން މަޝްހޫރު މޫނުތަކާއި ސަރުކާރު އިދާރާތަކަށް ވިއްކާ ނޫ ފާހަގައަށް މަހަކު ދައްކަން ޖެހެނީ 168 ދިވެހި ރުފިޔާ އެވެ. އެއީ ފޯނުން ޓުވިޓާ ބޭނުން ކުރާނަމަ އެވެ. ވެބްސައިޓު މެދުވެރިކޮށް ބޭނުން ކުރާނަމަ މަހަކު 121 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއް އަހަރަށް ގަނޑުކޮށް މި ހިދުމަތް ހޯދަން ބޭނުންވާނަމަ ދައްކަން ޖެހޭނީ 1،272 ރުފިޔާ އެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ބޭނުން ކުރާނަމަ އަހަރަކަށް 1،758 ރުފިޔާ ގަނޑުކޮށް ދައްކައިގެން ހިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން ޓުވިޓާއިން ވަނީ ވިޔަފާރިތަކަށް ހާއްސަކޮށްގެން ރަން ފާހަގަ (ގޯލްޑް ޓިކް) އެއްވެސް ތައާރަފުކޮށްފަ އެވެ. އެ ހިދުމަތަށް ދައްކަން ޖެހެނީ 187 ރުފިޔާ އެވެ. އެއް ވިޔަފާރީގެ ގިނަ އެކައުންޓުތަކެއް ގެންގުޅޭނަމަ އެއިން ކޮންމެ އެކައުންޓަކަށް އިތުރު ނުވަ ރުފިޔާ ދެއްކުމުން ހިދުމަތް ލިބޭނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް