Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

138 ބިޔަރު ދަޅާއި 103 ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފި

138 ބިޔަރު ދަޅާއި 103 ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފި

138 ބިޔަރު ދަޅާއި 103 ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިތަކެތި އަތުލައި ގަނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގދ.ތިނަދޫގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

"ތިނަދޫގައި ފުޅާދާއިރާއެއްގައި ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެޕްރީލް 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައިފާސްކުރިއިރު  138 ބިޔަރު ދަޅާއި 103 ބަނގުރާ ފުޅި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް