ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮތަޅުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫންކަމަށް ބުނުމުން ރައީސް ނަޝީދު ހިތްހަމަނުޖެހިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މައްސަލަ ބޮޑުވެފައިވާ "ކޮތަޅު ޓެކްސް"ގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިތްހަމަނުޖެހިއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކޮތަޅުގެ މައްސަލައަކީ އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ހައްލު ކުރެވޭނެ މައްސަލައެއްކަމަށާއި މިއީ ސިޔާސީ ކަމެއްކަމަށް ދެކިވަޑައި ނުގަންނަވާކަމަށެވެ. މިއާއެކު ރިޔާސަތުން ވަނީ މަޖިލީހަށް ސިޔާސީ ނޫން މައްސަލައެއް ނާންނާނެ ކަމަށް ވިދާޅުވެ މިނިސްޓަރުގެ ވާހަކައަށް ރައްދު ދެއްވައިފައެވެ.

"ސިޔާސީ ނޫން މައްސަލައެއް މިތަނަކަށް ނާންނާނެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއަކީ ކިހާ މިންވަރެއްތޯ މަޖިލީހުގެ ޒިންމާއަކީ ކިހާ މިންވަރެއްތޯ މިކަން ކަނޑައެޅުމުގައި މެމްބަރުން އުޅުއްވަނީ" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަޒީރުގެ ކޮމެންޓެއްގައި މަޖިލީހުން އެމާއްދާ އުނި ކުރީއޭ ވިދާޅުވިކަމަށާއި އެކަމާއި އިތުރު ކޮމެންޓެއް ނެތްކަމަށެވެ.

"ދެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އިއްޒަތްތެރި ވަޒީރު ހުންނަވަނީ ވަޒީރުގެ ކޮމެންޓެއްގައި ވިދާޅުވެފައި އޮތީ މަޖިލީހުން އެމާއްދާ އުނި ކުރީއޭ މަޖިލީހުން މިބުނާ ވާހަކައަކީ އެމާއްދާ އުނިކޮށްފައި އެޔާގުޅޭ އިތުރު ކޮމެންޓެއް ނެތީއޭ އަޅުގަނޑު ހިތުން އެ މައްސަލަ މިހާރު މިއޮތީ އަޅުގަނޑުމެންނަށް ގެންދެވޭ ހިސާބަށް ގެންދެވިފައި." ނަޝީދު ވިދާޅުވިއެވެ.

"ކޮތަޅު ޓެކްސް" ގެ ބަހުސް ބޮޑުވެ އެމައްސަލަ ހައްލު ކުރެއްވުމަށް މަޖީލީހަށް އިސްލާހެއް ހުށައަޅާފައިވާއިރު މި މައްސަލައަށް ހައްލެއް ލިބޭނެ ސީދާ ދުވަހެއް އަދި ނޭނގެއެވެ.

  1. ޢަހްމަދު ރަސީދު

    6 މަސް ދުވަސް ބާކީ. ޑިއުޓީ ނަގަނަގާ ތިބޭ

  2. ދޭނީ

    ތިމަންނާއަކީ ސިޔާޝީދު އޭ!!