ޚަބަރު ސަރުކާރު

އިޓްލޮސްގެ ހުކުމުގައި ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ހިމާޔަތް ކުރި: ރިއްފަތު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު

އިޓްލޮސްގެ ހުކުމުގައި ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ހިމާޔަތް ކުރި ކަމަށާއި މި ނިންމުމާމެދު ހިތްހަމަޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު އިއްވި ހުކުމާއި ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ރިއްފަތު ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ރާއްޖެއަށް ލިބިދޭ ޙައްޤުތަކާމެދު ރާއްޖޭގެ ވިސްނުމާއި އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު ކަނޑުގެ ސަރަޙައްދެއް އެބައޮތް ކަމަށެވެ. އަދި އައުޓަރ ކޮންޓިނެންޓަލް ޝެލްފް އާއި ގުޅޭ ގޮތުން މޮރިޝަސް އިން ކުރި ދައުވާއާ ގުޅޭ ގޮތުން ސްޕެޝަލް ޗެމްބަރުގެ އިއްތިފާގުން ރާއްޖެއާ އެއްކޮޅަށް މައްސަލަ ނިންމާފައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

އަދި މިމައްސަލައިގައި ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ދިފާއުކޮށްފައި ކަމަށް ރިއްފަތު ވަނީ ފާހަގަކުރައްވާފައެވެ.

އިޓްލޮސްގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!