މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިިންމުމާ ގުޅިގެން، އައްޑޫ ސިޓީ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާ ކޮށްފިއެވެ.
ރާއްޖެއާ މޮރިޝަސްގެ ފުށުއަރާ ކަނޑުގެ ސަރަޙައްދު ބެހުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި، އެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެންދިއުމަކީ ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމަށެވެ.
ދިވެހި ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް، ރައީސް ޞާލިޙު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށް ކައުންސިލުން ޝުކުރުވެސް އަދާކުރިއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެންދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއްކަމަށެވެ.
މީގެ ކުރިން މި ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއްކަމަށް ވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން، އިޓްލޮސްއިން ނިންމެވި ނިންމުމާއެކު ބައިނަލްއަޤުވާމީ ޤާނުނުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި، ދިވެހި މަސްވެރިންގެ އިޤްތިޞާދީ ޙައްޤުތަށް ކަށަވަރުވެއްޖެކަން ނުހަނު އުފަލާއެކު ފާހަގަކުރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނީ، އިޓްލޮސްގެ ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުން ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، މި ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބުމަކީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު އުފަލާއެކު މަރުޙަބާ ކިޔާކަމެއް ކަމަށެވެ.
ލިބެން އޮތް ބޮޑުތަނެއް ގެއްލި ބީވެގެން ދިޔައީމަވެސް ތިޔަބުނަނީ ކާމިޔާބޭ ބަލަ މަސްކަޑުގައި ބޭރުމީހުނަށް ދާއަޅަން މިހާރު ފަސޭހަވީ ތިޔަ ޖެހި އިންފާރުގެ ސަބަބުން !