ޚަބަރު ސިޔާސީ

ދެކުނުގެ މަސްވެރިން އެންމެ ދުރަށް ވެސް ދަނީ 100 ނޯޓިކަލް މޭލަށް: ޑީޑީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޮރިޝަސްއާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިން ކަނޑައެޅުމުން، ދެކުނުގެ މަސްވެރިންނަށް ގެއްލުމެއް ނުވާނެ ކަމަށާއި، އެ ހިސާބުގައި މަސްވެރިކަން ކުރާ މީހުން، އެންމެ ދުރަށް ދަތުރު ކުރަނީ 100 ނޯޓިކަލް މޭލަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހީމް ދީދީ(ޑީޑީ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވީ، ޗާގޯސް މައްސަލައިގައި ސަރުކާރު ދިފާޢު ކުރައްވައި، ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑީޑީ ވިދާޅުވީ، މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ފުށު އަރާ ސަރަޙައްދު، ދެ ބަޔަށް ބަހައިލުމުން، 100 ނޯޓިކަލް މޭލަށްވުރެ، އިތުރަށްވެސް ދިވެހީންނަށް ކަނޑުގެ ސަރަޙައްދެއް ލިބިފައިވާ ކަމަށެވެ.

"އެހެންވީމަ، އެއްވެސް ޙާލެއްގައި، ސަރުކާރުން އެ ނިންމެވި، އދއިން އެ ނިންމެވި، އިޓްލޮސްއިން އެ ނިންމެވި ނިންމެވުމާ ގުޅިގެން، ދިވެހި މަސްވެރިންނަށް، މިއަދާ ހަމައަށް ކުރަމުން އައި މަސްވެރިކަމަށް ބަލާއިރު، ލިބޭނެ އެއްވެސް ގެއްލުމެއް ނެތް."

ޑީޑީ ވިދާޅުވި ގޮތުގައި، އިޓްލޮސްގެ ނިންމުމާއެކު، މަސްވެރިންނަށް ގެއްލުން ލިބުމުގެ ބަދަލުގައި، މަސްކަނޑުގެ ސަރަޙައްދު އިތުރަށް ކަށަވަރު ވެގެން ދިޔައީއެވެ.

ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވީ، މީގެ ކުރިން ދެކުނުގެ މަސްވެރިންނަށް، މަސް ބޭނޭނެ ސަރަޙައްދު ކަނޑައެޅިފައި ނެތުމެވެ.

 

Ads by Allied Insurance
  1. މަކަލޭލީ

    މީކޯއްޗެއް އެނގިގެން ވާހަކަ ދައްކާ މަރުމޯލެއް. ދަނީ 100 މޭލަށޭ ކިޔާފަ ދެން އެވަރުތަ ހޯދަންވީ؟ ރިޔަލު ދޯނީގަ ދިޔައީ ހައެއްކަ މޭލަށް. އެހެންވީމާ 6 މޭލު އޯކޭ އެއްނު

  2. ޢަހްމަދު ރަސީދު

    ޜާއްޖެ އެއްކޮށްދިނަސް ގެއްލުމެއް ނުވާނެ. ޥިއްކާލާ! ބަނޑު އަޅާލާ!

  3. ނާޅި

    މީދެންކާކު ބަލަ ރާއްޖެއިން ބޮޑު ސަރަހައްދެއްގެ ބަޔެއް ގެއްލުމަކީ ބޮޑު ގެއްލުމެއް، މީނަ މިހެން ހުރެލާފަ ކޮންމެސް އެއްޗެއް ބުނުމަކީ ބުރަދަނެއް ހުރިވާހަކައެއްނޫން، މީނަ ސަރުކާރާއި ދެކޮޅަށް މިހާދުވަހު ދެއްކިވާހަކަ ކޮބައިތޯ ، މަސްވެރިން 100 މޭލަށް ވުރެން ބޭރަށް ނުދިއުމަކީ ދިވެހި ރާއްޖޭގެ ސަރަހައްދުން ބޮޑުބަޔެއް ވިއްކާލަން ޖެހޭ ކަމެއްތޯ، އެތަނުގެ މުހިންމުކަން ޤަބޫލުކޮށްގެން އެތަނުގެ ކަޑުގެ މުއްސަދިކަން ފެނިގެން މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކުން މަސްބާނަން އެދަނީ !

  4. ކާލި

    ތާރީހުން އެގޭ ގޮތުގައި ފޯޅަވަހި އަތޮޅުތަކާއި ރައްތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ބަޔެއްކަމުގައިވާތީ، އެތަން ހޯދާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ވެއްދުމަކީ ދިވެހި އަސްކަރިއްޔާގެ މައްޗަށް ޝަރުޢީ ގޮތުންނާއި ޤާނޫނީގޮތުން ލާޒިމްވާ ބޮޑު ވާޖިބެއް !