ޕްރައިމަރީ ހެލްތްކެއަރ ނިޒާމް ރަސްމީކޮށް އިފްތިތާހްކުރެއްވުމަށްޓަކައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ފ.ނިލަންދޫއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް ނިލަންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ހެލްތު މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމްއާއި ހެލްތް މިނިސްޓްރީގެ އިސްވެރިންނެވެ. މީގެ އިތުރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ނުކުމެފައެވެ.
ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މަދުކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ފެއްޓުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ހެލްތްކެއަރ ޕޯޓަލް ރަސްމީކޮށް އިފްތިތާހްކުރެއްވުމަށްޓަކައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:00ގައި ނިލަންދޫ ސްކޫލްގައެވެ.
ނައިބް ރައީސް ފައިސަލް މިއަދު އެރަށަށް ވަޑައިގެން އެރަށުގައި އޮތް ހާއްސަ ހަވީރެއްގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.