ޚަބަރު ސިޔާސީ

ޗާގޯޯސް މައްސަލަ: ރައީީސްގެ ސިޓީ ބާތިލު ކުރަން ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅު ބާޠިލުކޮށް ދިނުމަށް އެދި އުމަރު ނަސީރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

Ads by MWSC

ރައީސްގެ ސިޓީފުޅު ބާޠިލުކޮށް ދިނުމަށް އެދި އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލިނަމަވެސް އެކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައެއް އަދި ނެތެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަންނަށް ނިންމެވީ އެ ކޯޓުގެ ރަޖިސްޓްރާއެވެ.

ޗާގޯޯސް މައްސަލައިގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށް، މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވާ ފަރާތްތަކުން ފާހަގަކުރައްވައެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި މިދިޔަ ހުކުރު ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.

  1. ޔޫސުފުގެ އަލީ

    އެންމެ ރަގަޅު ގޮތަކީ އުމަރަކީ މިލިޓްރީ މީހެއް ނޫން ހެއްޔެވެ? އުމަރުގެ ކޮމާންޑަރު ކަމުގެ ދަށުގައި މިކޮޅުން ކޮންޓިންޖެންޓެއް ގޮސް ފޯޅަވައްސާއި އަދި މޯރިސަސްވެސް ހިފުމެވެ. އެތަންތަނުން ދެކޮޅަށް ނުކުތް މީހެއްވިއްޔާ ބެކްބޯން ބިންދާލާނީއެވެ. އުސްކޮށް ހަދާފަ ހުންނަ ތަންތަނަށް ވަންނަންވާނީ ހަރުގަޑުވެސް ގެންދާށެވެ. ހަމަގޮސް ޝޫޓް ކުރާނީ ޝޫޓް ކުރާނީއެވެ. ނައްޓާލަމާ ހިނގާށެވެ.