ޚަބަރު ސިޔާސީ

އިދިކޮޅުން ނަޝީދާއެކު ބޭއްވި ބައްދަލުވުން މަޖިލިސް އިދާރާގައި ބޭއްވުމުން ޝަރީފު ފާޑުކިޔުއްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިމުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިފުން ރައީސް ނަޝީދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން މަޖިލީހުގެ އިދާރާގައި ބޭއްވުމުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ފާޑުކިޔުއްވައިފިއެވެ.

Ads by MWSC

ޝަރީފު ވިދާޅުވީ މިހާރަކަށް އައިސް މަޖިލިސް އިދާރާ އަމިއްލަ ސިޔާސީ ކަންކަމަށް ބޭނުންކުރުން ވަނީ އާއްމުކަމަކަށް ވެފައިކަން ފާހަގަކޮށްލެވޭކަމަށާއި މިވެސް ކޮރަޕްޝަނުގެ ވައްތަރެއްކަމަށް ޝަރީފު ވަނީ ތުހުމަތު ކުރައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން މަޖިލިސް ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކު މަޖިލިސްގެ އިދާރާޔަކީ އަމިއްލަ ސިޔާސީ މަސައްކަތް ކުރާ އައްޑާޔަކަށް ހައްދަވާފައި ނުވާކަމަށެވެ.

"ދައުލަތުގެ ވަސީލަތްތައް އަމިއްލަ މަސްލަހަތާއި ގުޅުން ހުރި ކަންކަމަށް ބޭނުން ކޮށްފައެއްނުވޭ" ޝަރީފު ވިދާޅުވިއެވެ.

އިމުގެ މައްސަލައިގައި އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރެވޭނެތޯއާއި އެ މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައީސް މުޙައްމަދު ނަޝީދާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާގައި އަބްދުއްރަޙީމް އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤު ބައިވެރިވެވަޑައިގެންނެވިއިރު، ރައީސް ނަޝީދާއެކު  މި މަޝްވަރާގައި އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރު ވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

Ads by Allied Insurance
  1. މަވޮޓު

    ބަލަ މުލިއާގޭ ގަ އެމް ޑީ ޕީ ގެ ބައްދަލުވުން ބޭއްވާކަން އެނގިނުލައްވަނީތޯ.