އޭޝިއާ ދުނިޔެ

ލިންކްޑްއިން އިން 700 މުވައްޒަފުން ކަނޑާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސޯޝަލް މީޑިއާ ޕްލެޓްފޯމް ލިންކްޑްއިން އިން 700 މުވައްޒަފުން ވަޒީފާއިން ކަނޑާލައި, ޗައިނާ އެޕްލިކޭޝަން ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ޕްރޮފެޝަނަލް ކަނެކްޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ލިންކްޑްއިން އިން ވަނީ 700 އަށް ވުރެ ގިނަ ވަޒީފާ ކަނޑާލައި، ޗައިނާގައި ވަޒީފާ ހޯދާ ފަރާތްތަކަށް އެ ކުންފުނީގެ އެޕްލިކޭޝަން ބަންދުކުރަން ނިންމައިފަވާކަން އިއުލާނުކޮށްފައެވެ.

މިގޮތުން ލިންކްޑްއިންގެ ޗީފް އެގްޒެކެޓިވް ރަޔަން ރޮސްލަންސްކީ މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އާމްދަނީ އިތުރުވެ ކަސްޓަމަރުންގެ އުޅުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ކުންފުނިން ޗައިނާގައި 716 ވަޒީފާ އުނިކޮށް، ވަޒީފާ ހޯދުމުގެ އެޕްލިކޭޝަން އުވާލާނެކަމަށެވެ.

ރޮސްލަންސްކީ ވިދާޅުވީ ކުންފުނީގެ ހިނގުމަށް އަލަށް ގެނައި  ބަދަލުތަކުގެ ތެރޭގައި 250 އާ ރޯލް އުފައްދައި ބައެއް ޓީމުތައް އިންޓަގްރޭޓް ކުރުމުގެ އިތުރުން މެނޭޖްމަންޓް ރޯލްތައް ކުޑަކޮށް "މިހާރަށް ވުރެ އަވަހަށް ނިންމުންތައް ނިންމުމަށް" މަސްއޫލިއްޔަތުތައް ފުޅާކުރުން ހިމެނޭ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ރެގިއުލޭޓަރީ ޑިމާންޑްތަކަށް ބޯލެނބުމުގައި ދަތިތަކެއް އިތުރުވަމުންދާތީ ލިންކްޑްއިން އިން ވަނީ 2021 ވަނަ އަހަރު ޗައިނާގައި އެކުންފުނީގެ ގިނަ ހިދުމަތްތަކެއް ހުއްޓާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!