ބޮލީވުޑް މުނިފޫހިފިލުވުން

ޕަޕަރާޒީއަކު އަނުޝްކާއަށް "ސަރ" އޭގޮވުމުން ވިރާޓު ދިނީ ހެއްވާ ޖަވާބެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު މީހުން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކީ ޕަޕަރާޒީންގެ އެތަށް އުނދަގުލެއް ފޯރާ ފަހަރެކެވެ.

Ads by Hajj Corporation

މިހެން އުޅޭ ޕަޕަރާޒީންގެ ފަރާތުން އުނދަގުލާއި ކުރިމަތިވިޔަސް، ގިނަ ތަރިން އެމީހުންނަށް އިޙްތިރާމްކޮށް ފޮޓޯނަގައިދީ ކުރާ ސުވާލުތަކަށް ޖަވާބު ދީ ހަދައެވެ.

އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ އާއި އޭނާގެ އަނބިމީހާ ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާއާއި ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅުމުގެ ތެރޭގައި ޕަޕަރާޒީއަކަށް އޮޅިގެން ވަނީ އަނުޝްކާއަށް "ސަރ" އޭ ގޮވިފައެވެ.

މިއާއެކު މިކަމަށް ވިރާޓު ދިން ރައްދު ގިނަބަޔަކަށްވީ ވަރަށް ހެއްވާ، މަޖާ ރައްދަކަށެވެ. ވިރާޓު ވަނީ "ވިރާޓު މޭމް" އޭވެސް ބުނެލާށޭ ބުނެ އެމީހާއަށް ޖޯކު ޖަހައިފައެވެ.

މިއާއެކު އެމީހާވަނީ މާފަށްވެސް އެދިފައެވެ.

ވިރާޓާއި އަނުޝްކާއަކީ އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ 'ޖޯޑެކެވެ'. މި ދެމީހުން ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ދެމީހުންގެ އަންހެން ދަރިއަކު މިހާރު ހުންނަ އިރު އެމީހުން އެކުއްޖާ އަދި ގެންގުޅެނީ މީޑިއާތަކަށް ފޮރުވައިގެންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!