ޚަބަރު ސިޔާސީ

އިން ވަކިކުރުމުގެ މައްސަލާގައި ރިފްއަތު ކޮށްފައިވަނީ ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް: އެމްޑީޕީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު

އިން ވަކިކުރުމުގެ މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް ކަމަށްވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން އެމްޑަިޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

“ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް” ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު ކަމަށާއި ރިފްއަތުގެ މައްޗަށް  އެ ޕާރޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކޮށް ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

“އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ. ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކެން” އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސް އިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Ooredoo
  1. ނާޅި

    2008 ކުން ފެށިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯޜުން އެކި ބަތަލާއިން ނާއި އެކްޓަރުން ލައިގެން އެކި ކުދުވަސްވަރު އެކި ކުލަ މަންޒަރު ޖައްސައިގެން މިރާއްޖޭގައި ކުޅެމުންދާ މިފިލްމު ބޮޑް ސްކިރީނުގައި އަޅުވަނީ ކޮންއިރަކުބާ !

  2. ނާޅި

    އޭމްޑީޕީން ދިވެހިރާއްޖޭގެ ވެރިކަމަށް އައި ދެފަހަރުވެސް މިވަނީ ދިވެހިރާއްގޭ ކޮންމެސް ސަރަހައްދެ ބޭރުބަޔަކަށް ވިއްކާލާފައި އެގޮތުން 2008 ގައި ނަޝީދުގެ ވެރިކަމުގައި އައްޑޫއަތޮޅު އިންޑިޔަން ބުރިޓިޝް މީހުނަށް ވިއްކާލީ، މިއަދު އެމީހުން ވަނީ އައްޑޫގައި މިލިޓްރީ އެކަޑަމީއެއް ހަދައިގެން އައްޑޫ ހިސާރުކޮށްފައި އަދި މިސަރުކާރު އައިފަހުން އައްޑޫގެ ހުރިހާރަށެއްގެ މަގުކޮނެ އެތަންވެސް މަލިކް ގޮތަށް މީހުނަށް ނޫޅެވޭވަރުކޮށްފައިމިވަނީ،
    2020ގައި މިހާރުގެ އެމްޑީޕީ ސަރުކާރުން ވަނީ ހަނިމާދޫ އިންޑިޔަން ބުރިޓިޝް މީހުނަށް ވިއްކާލާފައި، މިހާރު އެމީހުން ހއ ގެ ރައްތަށް ހިސޯރުކޮށް ގެން ހަމަ މަލިކް ގޮތަށް އެގެންގުޅެނީ !