މެދުއިރުމަތި ދުނިޔެ

އިސްރާއިލުން ސުންނާފަތިކޮށްލި ގެ ފެނި މިކުޑަކުއްޖާގެ "ހިތް ކުދިކުދި"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ އިސްރާއިލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ހަމަލަ ދެމުން އަންނަ އިރު "ހިތް ކުދިކުދި" ވާ އެތައް މަންޒަރެއް ދަނީ ފެންނަމުންނެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ މީޑިއާއެއްކަމުގައިވާ ޓައިމްސް އޮފް ޣައްޒާ އިން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ގެއަށް ގޮސް ކުޑަ ފިރިހެން ކުއްޖަކު ރޯ މަންޒަރެވެ. އަމިއްލަ ގޭގެ ހާލަތު ފެނި އެ ތުއްތު ހިތަށް ކުރި އަސަރު މިވީޑިއޯއިން ފެނިގެން ދެއެވެ.

މިދިޔަ އަންގާރަ ދުވަހުންފެށިގެން އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުންގެ އިތުރުން ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ ރޮކެޓް ފޯސްގެ ވެރިޔާ އާއި އޭނާގެ ޑެޕިއުޓީ ވެސް ހިމެނެއެވެ. މިހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 90 އަށް ވުރެ މައްޗައްގޮސްފައެވެ.

Ads by Allied Insurance
  1. ކޮއްކޮ

    ކޮއްކޯ ދެރަނުވޭ! ﷲދެނެވޮޑިގެންވޭ ތި ހުރިހާކަމެއް. ކޮއްކޮއަށް ޖަންނަތުގައި މާ ފުރިހަމަ ގެއެއް ދެއްވާށި! އެކަމަކު އެ ކާފަރުންގެ ގެއަކީ ނަރަކަ.