ރައްޔިތުންގެ މަޖިލީހަކީ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ހަރަކާތް ހިންގާ އައްޑާ އަކަށް ހަދައިފި: ޝަރީފް
ރައްޔިތުންގެ މަޖިލީހަކީ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ހަރަކާތް ހިންގާ އައްޑާ އަކަށް ހަދައިފި ކަމަށްރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގާނޫނަށް ބެލުމެއް ނެތި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ހައްގަށް އަރައިގަންނަމުންދާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ބިލުތައް ފަހަށް ޖައްސާލުމަށް ފަހު އެކިއެކި ގަރާރުތައް ކުރިޔަށްގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނަވާތީ ގާނޫނާއި ހިލާފަށް އަމަލު ކުރި ނަމަވެސް ފިޔަވަޅު ނާޅާ، “ދޫކޮށްލާފަ” ބެހެއްޓުމުން ދެވެނީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ.
“އެމްޑީޕީގެ ރައީސްގެ މަގާމުގަ ހުރި ބޭފުޅަކަށް ވާތީ ރައީސް ނަޝީދު ކަމެއް ވިޔަސް ގާނޫނު މުގުރަން ދޫކޮށްލާފަ ބެހެއްޓުމުން އެ ދެވެނީ ވަރަށް ނުރައްކާތެރި މެސެޖެއް. އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީގައޮޕަރޭޓް ކުރަން ދޫކުރުމަކީ ގާނޫނުގެ ހުރުމަތް ކެނޑުން ކަހަލަ ކަމެއް” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު އޭނާ އަކީ ރައީސް ނަޝީދުގެ ފެކްޝަނަށް ބަހުގެ ހަމަލާތައް އަބަދުވެސް ރައްދު ކުރައްވަމުން ގެންދަވާ މެމްބަރެކެވެ.
ތިޔައީ ރައްޔިތުންގެ ސިޔާސީ ވާހަކަ ދައްކަން ތިބޭ ހޮޅުއަށި، ޝަރީފޫ ތިބޭފުޅާ ތިތާ ހުރެގެން އިދިކޮޅު ހަރަކާތް ހިންގި އިރު އައްޑާ އަކަށް ނުވެފައި މިހާރު ދެން އައްޑާއަކަށްވީ ކީއްވެތޯ ! ތިޔައީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންގެ އައްޑާ !