ޚަބަރު ސިޔާސީ

އަސްލަމް މިއަދު ފެންނަނީ ސަރުކާރު ކޯޑިނޭޓަރެއް ދަރަޖައަށް ވެއްޓިވަޑައިން އުޅުއްވާ މަންޒަރު: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ފެންނަނީ ސަރުކާރުގެ ކޯޑިނޭޓަރެއްގެ ދަރަޖައަށް ވެއްޓިވަަޑައިން އުޅުއްވާ މަންޒަރުކަމަށާއި މިއީ ހިތާމަ ހުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވައްޑޭ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް “ފިކުރެއްގެ ދިރުން” ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވައިފި ކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑުމެން ވަރަށް ދުވަހު، ވަރަށް ހަރުދަނާ ސިޔާސީ ޝަޚުސިއްޔަތެއް ގޮތުގައި ދެކެމުން އައި އަސްލަމް މިއަދު ފެންނަނީ ސަރުކާރު ކޯޑިނޭޓަރެއް ދަރަޖައަށް ސަރުކާރުގެ “މުއްފަތަށް” ވެއްޓިވަޑައިން އުޅުއްވާ މަންޒަރު. ހިތާމަހުރި." ވައްޑޭ ވިދާޅުވިއެވެ. 

ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ ބައިބައިވެ އެޕާޓީގެ މުހިންމު މެމްބަރުންތަކެއް މިއަދު ވަނީ ޕާޓީން ވަކިވެފައެވެ. މިގޮތުން ރައީސް ނަޝީދުގެ"ފިކުރެއްގެ ދިރުން" ފެކްޝަންގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން މިއަދު ވަނީ އެމްޑީޕީން ވަކިވެފައެވެ. މިއާއެކު ރައީސް ނަޝީދަށް ތާއިދު ކުރާ އާއްމު މެމްބަރުން ދަނީ ޕާޓީން ވަކިވަމުން ކަން ފާހަގަކޮށްލެވެއެވެ.

 

Ads by Ooredoo
  1. އިބުރާ

    މެންބަރު އަސްލަމް އަކީ ވަށްޑޭކަހަލަ ދެބޯބުރާންޗެއްނޫން

  2. ޕުރައިމަރިން ބަލިވީމަ ކޮން ފަކް ރެއެއްގެ ދިރުމެއްތަ 12 މެންބަރުން ތިކުރީ ބަގާވަތެއް ދެނެހުރިންތަ