ޚަބަރު ސިޔާސީ

އެމްޑީޕީގެ އިތުރު މަޖިލިސް މެމްބަރުން ފިކުރެއްގެ ދިރުމާ ގުޅޭނެ ކަމާމެދު ޝައްކެއް ނުކުރަން: ޢާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި، އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއާ، އެ ޕާޓީގެ އިތުރު މަޖިލިސް މެމްބަރުން ގުޅިވަޑައިގަންނަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވުޖޫދަށް ގެނެސް، އެ ފެކްޝަނުގެ ހަރަކާާތްތައް އިތުރުކޮށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމައިފައިވާކަން ހާމަ ކުރަން، އިއްޔެ ބޮޑުފެންވަޅުގޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު ޢާޒިމް ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަނުގެ މަޖިލިސް މެމްބަރުން، ޕާޓީން ވަކިވެ، ފެށިގެން މިދަނީ ވަރަށް ކާމިޔާބު ސިޔާސީ ހަރަކާތެއް ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި، ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން އެ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ޔަޤީން، އިތުރު މެމްބަރުންތަކެއް އަޅުގަނޑުމެންނާ ގުޅޭނެ."

ޢާޒިމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، އިތުރު މެމްބަރުން ރައީސް ނަޝީދުގެ ފެކްޝަނާ ގުޅިވަޑައިގަންނަވާނެ ކަމުގައެވެ.

ނަޝީދު ފެކްޝަނުގެ މެމްބަރުން، އެމްޑީޕީން ވަކިވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް ލިބިފައިވާ ސުޕަރ މެޖޯރިޓީ ވަނީ ގެއްލިފައެވެ.

Ads by Ooredoo
  1. އިއްބެ

    ޕާޓީފުނޑުފުނޑުކޮށްލުމަކީބަލަިގަނެވޭނެކަމެއްނޫން