ޚަބަރު ސިޔާސީ

ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެެއްގައި އެކަން ކުރާނެ: ހަސަން ލަތީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި “ދަ ޑިމޮކްރެޓްސް”އިން ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދުމުގެ ހުއްދަ ހޯއްދަވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެ ޕާޓީގެ ކެނޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

ހަސަން ވިދާޅުވީ ކެނޑިޑޭޓަކު ނެރުނު ނަމަވެސް އެހެން ޕާޓީތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި މަޝްވަރާގެ މަތިން ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ކެނޑިޑޭޓަކު ހުންނާނެ. އެހެންނަމަވެސް އަބަދުވެސް އަޅުގަނޑުމެން މަޝްވަރާއަށް ދާނަން އެހެން ޕާޓީތަކާ އެކީ. މި ދަންނަވާ ވާހަކައަކީ ކޯލިޝަން ހަދަން ޖެހޭ ހާލަތެއްގައި ކޯލިޝަންވެސް ހަދާނެ. އެހެންނަމަވެސް ދަ ޑިމޮކްރެޓްގެ ކެނޑިޑޭޓަކު ހުންނާނެ” ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީއަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑު ކަމަށާއި އެމްޑީޕީގެ ދާއިރާ ރައީސުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނާއި ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުން ވެސް މި ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ތިޔައީ ހައްތާވެސް، އިބޫ ސޯލިހު ތިމީހުންގެ ކިބައިން ސަލާމަތްވިކަން ބޮޑު ނަސީބެއް، އަހަރުމެން އިބޫ ސޯލިހު ހޮވާނަން !

  2. ބޮއިކޮޓްކުރޭ

    ޓެކްސް އުވާލާ ޕާރޓީ އަކީ އެއީ ދަ ޑިމޮކްރެޓުން ކަމުގައިވާނެ ކަމަށް މަމެން އުއްމީދު ކުރަމޭ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ އެހިއްކާ ފަޅު ތަކުން ކޮންމެ މަހަކު 1 ހެކްޓަރުގެ 100 ބިން ނަގާ ވިއްކާނީ ރާއްޖޭގެ އިންވެސްޓަރުންނަށް 50 ބިން 10 މިލިއަން ޑޮލަރަށް ބިމެއް އަނެއް 50 ބިން ވިއްކާނީ ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް 20 މިލިއަން ޑޮލަރަށް ބިމެއް އެއިރަށް ދެން ރާއްޖެ އިސާހިތަކު ޓެކްސް އުވާލާ އިނޮވޭޓިވް ބައި އިކޮނޮމީ އެޕްލައިކުރެވޭނެއޭ ޖައްސާ ޖައްސާ ޖައްސާ ވަގުތު ނޫހުގައި ތިބި ވަގު ނޫސްވެރިންނަށް މިޚަަބަރު ނުވި ކުއްލި ޚަބަރަކަށް ވަގުތު ނޫސް އަދި ސަންގު ޓީވީ މީވަގުން ހިންގާ ތަންތަން މިހުންނަނީ ދެން މިހާރު ނޫސް އެއީ މިރާއްޖޭގެ ނޫސްވެރިކަމުގެ ތެރެއަށް ވަގުން ވެއްދި ނޫހަކީ މިހާރު ނޫހުގެ ހުރިހާ ނޫސްވެރިންނަކީ އެމްއެމްޕީއާރުސީގެ ފައިސާ ގަނޑުން ބައެއް ބަނޑުއަޅާލި ބޮޑެތި ވަގުން ތިބި ތަނެކޭ ކޮވިޑް އިން މި ބަދަވިން ތައް ވަނީ ސަރުކާރާއި ގުޅިގެން ވައްކަން ކޮށްފައޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ މިހާރު ނޫސް ބޮއިކޮޓްކުރޭ

  3. ދިޔާއީއޭ

    މަޖްލީސް މާދަމާ ހުޅުވުމުން ހުންނާނެ ފޯރި މަމެން ޕިންކީންނާއި ދަ ޑިމޮކްރެޓުން އެއްގޯއްޗަކުން ތެލުލި ބަނބުކޭލާއި ކަޅުސައި ބޮއިގެން ނައްޓާލާނީ މަޖްލީސް ގޯއްޗަށް އެއިރުން ސަރުކާރު ހިންގާ މަވޯޓާ ޕާރޓީގެ މީހުން އިށީނދެގެން ތިބި ގޮނޑިން އަނގަވަތަށް ވެއްޓޭނެއޭ މިހާރު އަލިޕީ އެބަ ރޮނގާލި އަޅާ ހަރާމް ހުކުމެއް ކޮށްލެވޭނީ ކާކަށްތޯ ބަލަން ތަމެންގެ ދުވަސް ދެން ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ ދިޔާއީއޭ

  4. ވިކިލީކްސް

    ކެނެޑާގެ ލިއަޯ ސަލޮމް އާ ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތުގަ ބައްދަލު ކޮށްފައެވެ. ޢޭނާއަކީ އެލްޖީބީޓީއަށް ފަންޑުކުރާ ޔޫރަޕްގެ ބޭންކެއް ކަމަށްވާ ޓީޑީ ބޭންކުގެ ސީއޯއެވެ. މިބޭންކަކީ އެއްޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ވަކާލާތުކުރާ މީހުނަށް ފަންޑުދޭ ބޭންކެކެވެ. ރާއްޖޭގަ އުފައްދަން މިއުޅޭ ދަ ޑިމޮކްރެޓްސް ނުވަތަ ޓީޑީ އަކީ މިބޭންކުގެ އަކުރުތައްކަމީ އިއްތިފާގެއްތޯ؟ ލިއަޯ ސަލޮމް އާ ރައީސް ނަޝީދު ބައްދަލުކުރުންވެސް އިއްތިފާގެއްތޯ؟

  5. ލާލީ

    ބަޔަކު ނޫޅޭ ކަލޭމެންނާ ކޯލިޝަން ހަދާހިތަކުން. ކޮސްނުގޮވާ!