ޚަބަރު ސިޔާސީ

އީވާ މަގާމުން ވަކިކުރަން ނިންމި ނިންމުން ދަ ޑިމޮކްރެޓުން ކުށްވެރިކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އީވާ: ފޮޓޯ ދެން އިމޭޖަސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން ނިންމި ނިންމުން ދަ ޑިމޮކްރެޓް ޕާޓީން ކުށްވެރިކޮށްފިއެވެ.

Ads by Sosun Fihaara

ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ސްޕޯކްސް ޕާރސަން އަފްޝަން ލަތީފް ވިދާޅުވީ މިއީ މިދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިިތްވަރާއެކު މަސައްކަތް ކުރާ އަންހެނުންނަށް ހުރި ގޮންޖެހުންތަކަށް ތަސައްރަފުކުރާ އަލި ގަދަ ދަލީލެއްކަމަށެވެ.

"އީވާ އަބްދުﷲ އަކީ ގިނަ ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިހާބުތައް އާގާނޫނު އަސާސީގެ ދަށުން ބާއްވަން ފެށިފަހުން ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގައި މެދުކެނޑުމެއްނެތި ހިދުމަތްކުރައްވާފައިވާ ސީނިއާ ޕާލިމެންޓޭރިއެން އެކެވެ" ދަ ޑިމޮކްރެޓުން ބުނެފައިވެއެވެ.

އެޕާޓީން ބުނީ އީވާ މަގާމުން ވަކި ކުރަން ނިންމީ އެއްވެސް ހަރުދަނާ އަސާސެއްގެ މައްޗައް ނޫންކަމަށެވެ. އަދި އެއީ އެޕާޓީން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

އީވާގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް ހުށައަޅާފައިވާއިރު އެމައްސަލަ ކުރިއަށް ގެންދެވޭނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

Ads by HDC
  1. ބަލަ ތިމީހުން ބުނާ ބަރުލަމާނީގައި އޮންނަނީ މަޖިލިސް އައުލަބިއްޔަތު އޮންނަ ބަޔަކު މަޖިލިސްގެ ރިޔާސަތުގައި ހުރުން ނުންތަ ! ޕާޓީ ބަދަލްކޮށް އެހެން ޕާޓީއަކަށް ދިޔައީމާ ގޮޑީގައި ނުހުރެވޭނެ ! ގޮޑިވެސް ގޮޅިވެސް ލިބޭނީ ގިނަބަޔަކަށް !