ޚަބަރު ސިޔާސީ

އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް: ނިޔާޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު-- ފޮޓޯ: މަޖިލިސް

އެއްވެސް އިރެއްގައި މަޖިލިސް ނައިބު ރައީސް ކަމަށް އީވާ ގެންނަން ބޭނުން ނުވި ކަމަށާއި އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނިޔާޒް މިހެން ވިދާޅުވީ މަޖިލިސް ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް މަޖިލީހަށް ހުށައެޅި މައްސަލައިގައި ރައީސް ނަޝީދު އޭނާއަށް ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އިވާ މަޖްލިސް ނައިބް ރައީސްކަމަށް ގެންނަން ބޭނުންވި މީހެއްނޫން. އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް. ވަރަށް ގިނަ ސަބަބުތައް އޮތީމަ. އެކަން އިވާ އަށް ކިޔާދިނިން. އޭރުވެސް ތަބާވީ ޕާޓީގެ މެޖޯރިޓީ އަށް. މިފަހަރުވެސް އެގޮތައް" ނިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު މިމައްސަލަވަނީ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފައެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ވޯޓުލުމަށް އެމްޑީޕީ މެމްބަރުން ކުރެން ރައީސް ނަޝީދު ވަނީ އެދިފައިކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance
  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މީހުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !