Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ސަރުކާރުގެ މައިގަނޑު ވަޢުދުތައް ފުދިއްޖެ: ‏‏ރައީީސް

ސަރުކާރުގެ މައިގަނޑު ވަޢުދުތައް ފުދިއްޖެ: ‏‏ރައީީސް

މި ސަރުކާރުގެ މައިގަނޑު ވަޢުދުތައް ފުދިފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފ.ދަރަނބޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ދަރަނބޫދޫ ބަނދަރު ސަރަޙައްދުގައެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫގެ ރައްޔިތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ވަޒީފާއާއި ގުޅޭ މައްސަލަތަކާއި، ކުޅިވަރުކުޅޭނެ ދަނޑެއް ނެތުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިވާނޭ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތުން ހިމެނެއެވެ.

​ދަރަނބޫދޫގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން ވެފައިވާ މައިގަނޑު ވަޢުދުތައް ފުއްދިފައިވާކަމަށާއި، އަދި އިތުރަށް ބޭނުންވެފައިވާ ކަންކަން ބަޖެޓުން ޖާގަ ހޯދައިގެން ކުރިޔަށް ގެންދެވޭނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާނެ ކަމުގައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް