ޚަބަރު ސިޔާސީ

ކުޅުދުއްފުށި ކައުންސިލްގެ ހުރިހާ މެމްބަރުން ޑިމޮކްރެޓްސްއަށް ސޮއިކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ދަ ޑިމޮކްރެކްޓްސް ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

Ads by MWSC

މިޕާޓީއަށް ކުޅުދުއްފުށި ކައުންސިލްގެ މެންބަރުން ސޮއިކުރެއްވީ މިއަދު މެންދުރުއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތް މެމްބަރުންވެސް ކުރިން ތިއްބެވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައެވެ.

ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ ހަރަކާތްތައް ކުރިއަށް ދާއިރު، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުންވެސް ސޮއި ކުރައްވަމުން ގެންދަވާކަމަށެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މެއި 24 ގައެވެ. އެއާ އެކު އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމްއެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އާޒިމް ޕާޓީން ވަކިކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެއިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!