ޑިމާންޑުކުރާ ގޮތަށް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ނުހޯއްދެވެންޏާ ޖެހޭނީ ގެއަށް ވަޑައިގަންނަވަން ކަމަށާއި ގާނޫނުން ކަނޑައެޅިފައިއޮތް ސަރަހައްދު ހިމާޔަތް ނުކުރެވެންޏާ ހަމަ ޖެހޭނީ "ގެއަށް ކަނޑާލަން" ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
"ބާނާ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ގެއަށް ވަޑައިނުގަނެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދާކަމަށްވަނީ ވިއްޔާ ރައްޔިތުން މިބޭފުޅުން "ބާލާނެ"ކަމަށެވެ.
"މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވެންޏާ މަގާމުގައި ތިއްބެވުމުގެ ބޭނުމެއްނެތް. ކަމާ ބޭފުޅުން ވިދާޅުވީ މިހާރު ސަރަހައްދު ކުޑަވީމަ ކިހާ ރަނގަޅުހޭ. ބަލަހައްޓަން ޖެހޭ ބައި ކުޑަވީއޭ. އެވެސް އުސޫލެއްތޯ ބަލަ އަޅުގަނޑުމެން ގާނޫނުން ކަނޑައެޅިފައިއޮތް ސަރަހައްދު ހިމާޔަތް ކުރާށޭ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިޔަ ތިއްބެވީ ކަން ނުކުރެވެންޏާ ހަމަ ޖެހޭނީ ގެއަށް ކަނޑާލަން. ގެއަށް ވަޑައިނުގަނެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދާކަމަށްވަނީ ވިއްޔާ ރައްޔިތުން މިބޭފުޅުން ބާލާނެ." ޑރ.މުނައްވަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު މި ޖަލްސާއަށް އައިސް ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް އެއްވެސް ކަމެއް ރިކުއެސްޓް ކުރާން ނޫންކަމަށާއި ޑިމާންޑެއް ކުރަންކަމަށެވެ.
"ސަރުކާރަށް މިއަދު މި ޑިމާންޑް ކުރަނީ އަދިވެސް ފުރުސަތު އެބައޮތް ރަނގަޅު ކުރައްވާށޭ .އިސްތިއުނާފު ކުރުމުގެ ޖާގައެއް ނެތޭ ނުބުނޭ" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި އެހެން ގައުމަކާއެކު ފުށުއަރަންޏާ ރާއްޖޭގެ ސަރަހައްދު ބައިކުރުމުގައި އަމަލުކުރެވިދާނެ އުސޫލެއްގެ ވާހަކަ އޮންނާނެކަމަށެވެ. އެގާނޫނުގެ ދަށުން 200 މޭލު ނޯޓިކަލް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ވަނީ ނޫނީ ކަނޑައަޅާފައިކަމަށެވެ. އަދި މިގައުމުގެ ދެކުނުގެ އެހެން ގައުމެއް ނޯންނާނެ ކަމަށާއި އެތަނުން ފެންނަނީ ވަރަށް ބޮޑަށް އޮޅިވަޑައިގަތީމައި ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ އެތާނގައި އޮތީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް ޖަޒީރާތަކެއް ކަމަށެވެ.
މީ މިކަލޭގެ އަތްމަތީ ބަހެއް! ކަލޭ ބުޑުން ކަނޑާލަންވީނު!!
ގާސިމަށް މިހާރު ފެންނާނެ ނޫންތޭ ޗާގޯސް ކަނޑު ވިއްކާލި މީހުންގެ ކޮޅު ބަލިކަށި ވަމުންދާތީވެ ހަމަ ސިއްރުސިޓީ ހާމަކުރަން ޖެހޭނީ އެއީ ރައީސް އިބޫ އަންބޮނޑި އަށް ޖަހައިގެން ނުތިބެވޭނެއޭ ކޮން ސިއްރެއްތޭ ސިއްރު ތަމެން އޮޅާލަބަލަ ސިޓީ ފޮނުވާށޭ މަޖްލީހަށް އަދި ސިޓީ ގެޒެޓްގައި ޝާއިއު ކުރާށޭ އެކަން ނުކުރެވޭނަމަ ގެއަށް ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ