ޚަބަރު ސިޔާސީ

ޖަލްސާ ކުރިޔަށް ދިޔައީ ރޭވި ގޮތަށް، ފެނުނީ ފުލުހުންގެ ދޮގު ބަޔާނެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

"ދޮގު ބަޔާން ނެރުމުން" ގެއްލެނީ ފުލުހުންގެ އަގު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް(ޓޮމް) ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިހެން ވިދާޅުވީ، ރާއްޖެއާ މޮރިޝަސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުން، ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލައިގައި އުފެއްދި ކަނޑު ވިއްކުމާ ދެކޮޅު ކޯލިޝަނުން، ރޭ ބޭއްވި ޖަލްސާގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް މަޢުލޫމާތު ލިބިފައިވާކަން ފާހަގަކޮށް ފުލުހުން ނެރުނު ބަޔާނާ ގުޅިގެންނެވެ.

ޖަލްސާގެ ފޮޓޯއެއް ހިއްސާ ކުރައްވައި، ޠާރިޤް ވިދާޅުވީ، ޖަލްސާ ކުރިއަށް ގޮސްފައިވަނީ ރޭވި ގޮތަށް ކަމަށެވެ.

"ތިޔަ މުއައްސަސާގެ އަގުހިފަހައްޓާނީ ތިޔަ ފުލުހުންނެވެ. ސީޕީ ހަމީދު، އޭނާގެ ޅިޔަންފަހަރިންގެ ހައްގުގައި ދޮގު ބަޔާން ނެރުނީމަ ގެއްލެނީ ތިޔަ ފުލުހުންނަށް ކުރާ އިތުބާރެވެ. މިރޭގެ ރެލީ ރޭވިގޮތަށް އެނިމުނީއެވެ. ރައްޔިތުންނަށް ފެނުނީ ފުލުހުން ދެއްކި ދޮގުބަޔާނެކެެވެ." ޓޮމްގެ ޓްވީޓުގައިވެއެވެ.

ކަނޑުވިއްކާލުމާ ދެކޮޅު ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ އިތުރުން, އެމްއެންޕީ ރައީސް ނަޝީދުގެ ޑަ ޑިމޮކްރަޓްސް, އުމަރު ނަސީރު, ޑރ. މުނައްވަރު, އާޒިމާ ޝުކޫރު ހިމެނިވަޑައިގެންނެވިއެވެ.

ޖޭޕީން މި ޖަލްސާގައި ބައިވެރިނުވާން ނިންމި ނަމަވެސް, ޖަލްސާގައި ޖޭޕީގެ މަޖިލިސް މެންބަރު ޢަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by Allied Insurance
  1. އެދުރުބެ

    ކުށެއް ކުރަން ބަޔަކު އުޅޭކަން އެނގުމުން އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމުން އެބަޔަކު އެކަން ނުކުރީމަ އެކަން ހާމަކުރި މީހުން އެ ހެދީ ދޮގުކަމަށް ބުނުމަކީ އެއީތޯ އެކަމަށް ރައްދު ދޭންވީ އެންމެ ރަނގަޅު ގޮތަމކީ؟؟؟ ނޫސްވެރިޔާ އަށް ބުނެލަން އޮތީ ކަލޭތީ ވާ ޚަބަރު ލިޔަން އެނގޭ މޮޅު ރޯނު އެދުރެކޭ!!

    • އެދުރުދައިތަ

      އެދުރުބޭ ތީވާ ހަމަ ރަނގަޅަށްވެސް ރޯނިއެދުރުބެއެކެވެ.

    • ސިއްކަ

      ޙުސް ފޭކް ފުލުސް

  2. އަލީ ވަހީދު

    ދިވެހިރާއްޖޭގެފުލުހުންނާއ ސިފައިނ ސިޔާސީކުރުވައިފ ރަށްޔިތުންނާއ ގުޅުވައިގެނ ދޮގުބަޔާންތައްނެރުވައިފ ބޮޑުސިއްކަގ ކެރފާގ ކެނެރީގ މީހުންނަކ އަބަދުވެސ ގައުމުހަލަބޮލިކުރުވ ރަށްޔިތުންލައްވ ގޯސްތައްހަދުވަނ އުޅޭބައެއ