Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފައްޓަވައި ދެއްވައިފި

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފައްޓަވައި ދެއްވައިފި
އްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު މިއަދު ފައްޓަވާ ދެއްފައިފިއެވެ. އަައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ 1.1 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މިމަޝްރޫޢު ފައްޓަވާ ދެއްވުމަށް އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ބޭއްވު ޙާއްސަ ރަސްމިއްޔާތުގައި ރައީސް ސާލިހު މިމަޝްރޫއު ފައްޓަވާ ދެއްވީ، ބިން ހިއްކުމަށް އައްޑޫ ސިޓީއަށް ގެންގޮސްފައި އޮތް ޑެރެޖަރުގެ މަސައްކަތް ފައްޓަވާ ދެއްވައިގެންނެވެ. ބިންހިއްކުމުގެ މަޝްރޫ ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝްރީ މުރަލީދަރަން ވެސް ބައިވެވަޑައިގެންނެވިއެވެ.
 މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް