ފެންކުންފުނީގެ މާކެޓިން ޚަރަދުތަކަށް 25 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ

މާލެ ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މާކެޓިން ހަރަދުތަކަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް، ފެން ކުންފުނީގެ 2019ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު ސޮއި ކުރައްވާ އާއްމު ކުރެއްވި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ފެން ކުންފުނިން މާކެޓިން ޚަރަދުތަކަށް 25.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
މިއީ މާކެޓިންގެ ޚަރަދަށް އެކުންފުނިން އޭގެ ކުރީ އަހަރު ކުރި ހޭދައަށްވުރެ ބޮޑު ހޭދައެކެވެ. އެއަހަރު ފެންކުންފުނިން މާކެޓިން ޚަރަދަށް ކޮށްފައިވަނީ 12.5 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ފެން ކުންފުންޏަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2018ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 411 މިލިއަން ރުފިޔާއެވެ.
ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާކަން އޮޑިޓް ރިޕޯޓުތަކުން ދަނީ ފެންމަތިވަމުންނެވެ.
ޚޮންވަށްތަރެެއްގެމާކެޓެއްތޯ؟