Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް: ރައީސް

އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް: ރައީސް

އައްޑޫއިން އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށް ރައިީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މީގެ 66 އަހަރު ކުރިން އިނގިރޭސިން ހެދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

“ކުރިއަރާފައި އޮތް އައްޑޫން, އިނގިރޭސިން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫން ބޭލި.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އެދުވަހު ކަންކުރިގޮތް ވިދާޅުވަމުން ރައީސް ވިދާޅުވީ, ދަނގަނޑު ތާނގީތަށް ގޭސްކަޓަރުން ކަފާ ކުދިކުރި ކަމަށާއި ހައިވޯޓޭޖް ކޭބަލްތައް ނަގާ ބުރިކޮށް ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި ކަމަށެވެ. އަދި އައްޑޫ ތަރައްޤީނުވެ އޮތީ އިޙްމާލުން ކަމަށް ވިދާޅުވިއެވެ.

”އޭރު އެއޮތް ބިނާގެ މައްޗަށް ތެދު ނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ މިއަދު މިކުރާ މަސައްކަތްކުރާކަށް ނުޖެހޭނެ”

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ, ގަމު އެއާޕޯޓްގެ މަސައްކަތަކީ އައްޑޫގެ ތަރައްޤީއަށް ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ނިމޭއިރު ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރާނެ ކަމަށާއި އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް