ބޮލީވުޑް މުނިފޫހިފިލުވުން

ސޯޅަ ހާސް ރުޕީސްގެ ތުވާއްޔެއް ގަނެގެން ސާރާ އޭނާގެ މަންމަ ދެކެ ރުޅިއައިސްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސާރާ އަދި އޭނާގެ މަންމަ އަމްރިތާ

16،000 އިންޑިއަން ރުޕީސް އަށް ވިއްކި ތުވާއްޔެއް ގަނެގެން، ބޮލީވުޑް ބަތަލާ ސާރާ އަލީ ޚާން، އޭނާގެ މަންމަ ދެކެ ރުޅިއައިސްފިއެވެ.

Ads by STELCO

ދަ ކަޕިލް ޝަރުމާ ޝޯގައި ސާރާގެ އެންމެ ފަހުގެ ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ޕްރޮމޯޓު ކުރުމުގެ ގޮތުން ދިން އިންޓަވިއުގައި މިވާހަކަތައް ކިޔައިދިނީ ސާރާގެ ކޯ ސްޓާ ވިކީ ކައުޝަލްއެވެ. ވިކީ ބުނީ ފިލްމުގެ ޝޫޓިން ސެޓަށް އެއްދުވަހު ސާރާގެ މަންމަ، ކުރީގެ ބަތަލާ އަމްރިތާ ސިންގް އައި ކަމަށެވެ.

"އެދުވަހު އަހަންނަށް ފެނުނީ ސާރާ އޭނާގެ މަންމައާ ދިމާއަށް އެއްޗެހި ގޮވާތަން. ދެން އެއީ އެ ދެމީހުންގެ އަމިއްލަ ކަމެކޭ ހިތަށް އަރައި އޭރު އަޅައެއް ނުލަން" ވިކީ ކިޔައިދިނެވެ.

އެހެންނަމަވެސް ފަހުން ސާރާ ކައިރީގައި ކިހިނެއްތޯވީ އެހިކަމަށް ވިކީ ބުންޏެވެ. ސާރާ، އަމްރިތާ ދެކެ ރުޅި އައިސްގެން ހަޅޭއްލެވީ 16،000 ރުފީސްއަށް ދޭ ތުވާއްޔެއް ގަނެގެންކަމަށް ސާރާ ބުނިކަމަށް ވިކީ ކިޔައިދިނެވެ.

މިކަމާ ގުޅޭ ގޮތުން ކަޕިލްވެސް ސާރާއާ ސުވާލު ކުރިއެވެ. ސާރާ ބުނީ ޝޫޓު ކުރާއިރު އޭނާއަށް ދީފައި ހުންނަ ވެނިޓީ ވޭންގައި ގިނަ އަދަދެއްގެ ތުވާލި ބަހައްޓާފައި ހުންނައިރު އަގުބޮޑު ތުވާލި ގަތުމަކީ ބޭކާރު ޚަރަދު ކުރުން ކަމަށެވެ.

ސާރާ ބުނާގޮތުން އޭނާއަކީ ޚަރަދު ކުރުމުގައި އާދަޔާ ޚިލާފަށް ބަލާ މީހެކެވެ. އެގޮތުން ފަހުގެ ކާރެއް ގަންނަން ކިޔާތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އަދިވެސް އެކަން ނުކުރެވޭކަމަށް ސާރާ ބުންޏެވެ.

ސާރާ އަކީ އިންޑިއާގެ ޝާހީ ރައީސް އާއިލާއަަށް ނިސްބަތްވާ މެމްބަރެކެވެ. އޭނާ އަކީ އަމްރިތާ ސިންގް އާއި ސައިފް ޢަލީ ޚާންގެ ދޮށީ ދަރިއެވެ. ސާރާގެ ހަގަށް އެއްބަނޑު އެއްބަފާ ފިރިހެން ކުއްޖަކު ހުންނައިރު ސައިފްގެ ދެވަނަ ކައިވެންޏަށްވެސް ދެ ފިރިހެން ކުދިން ތިބެއެވެ.

  1. އަހަރެން

    16000 ގެ ވާާހަކަ އެއް ނޫން އޭނާ ބުނީކީ ، 1600 އަށް ގަތް ތުވާއްޔެކޭ އެ ބުނަނީ.

    • އިބްރާހީމް

      ވާނުވާ ނޭގުނަސް ކޮމެންޓް ކުރާތި. 1600 އޭ ބުނީ

  2. ދަހިކަމުން ކާރާ މުންޖާ ނުގަނެވިފައި ހުރި ސާރާއެއް ތީ؟