ތުއްތު ތަމިމްގެ ބޮލަށް އިސްރާއީލުން ބަޑިޖެހިއިރު އިނީ ބައްޕަގެ އުނގުގައި!

ދާދިފަހުން އިސްރާއީލުގެ ލާއިންސާނީ ހަމަލާއެއްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 2 އަހަރުގެ ތުއްތު ތަމިމް މަރުވެއްޖެއެވެ. ތަމިމް މަރުވެފައިވަނީ އިސްރާއިލު ސިފައިންގެ ބަޑީގެ ހަމަލާއެއް އަމާޒުވެގެން ހޮސްޕިޓަލުގައި އައިސީޔޫގައި ހޭނާރާއޮވެއެވެ.
އިސްރާއީލުގެ ސިފައިންގެ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ކުޑަކުދިންނެއް ޝަހީދު ކޮށްލާފައިވާއިރު ތަމިމްގެ ބޮލަށް ބަޑި ޖަހާފައިވަނީ ބައްޕަގެ އުނގުގައި އިންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމަލާގައި ތަމިމްގެ ބައްޕައަށްވެސް އަނިޔާވެ ވަނީ ފަރުވާ ދީފައެވެ. އެހެންނަމަވެސް ތަމިމްގެ ބައްޕަގެ ހާލު މިހާރު ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއިލު ސިފައިން ފަލަސްތީނަށް އަރައިގަނެ ލާއިންސާނީ އަނިޔާދީ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް ގެދޮރު ބިމާހަމަކޮށްލާފައިވާއިރު މިއަހަރުގެ މިހާތަނަށް އިސްރާއިލުންވަނީ ފަލަސްތީނުގެ ކުށެއްނެތް 100 އަށް ވުރެ މީހުން ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ ސިފައިންގެ އިތުރުން އާއްމުންވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް އެތައް ގެއްލުމެއް ދެމުންކަން ފާހަގަކޮށްލެވެއެވެ.
ތިޔައީ ނައްތާލަންޖެހޭ ނިރުބަވެރި ބައިގަނޑެއް،