ޝާހުއާ މާ ވައްތަރު މީހެއް ފެނި އިންޓަނެޓު ހައިރާން ކޮށްލައިފި

ބޮލީވުޑް ސުޕަސްޓާ ޝާހުރުކް ހާންއާ ވަރަށް ވައްތަރު މީހަކު ފެނި ސޯޝަލް މީޑިއާގައި ޝާހުގެ ފޭނުން ހައިރާން ކޮށްލައިފިއެވެ.
ސޫރަޖް ކުމާރު ނަމަކަށް ކިޔާ މި މީހާ ދާދި ފަހުން ވަނީ އޭނާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ވީޑިއޯއަށް ކޮމެޓު ކުރި ގިނަ މީހުން ބުނެފައިވަނީ އޭނާއަކީ "ކުޑަ ޝާހުރުކް ހާން" ކަމަށެވެ.
ޓީޝާޓަކާއި ޖިންސެއް ލައިގެން ސޫރަޖް ދިއްލީގެ މަގުމައްޗަށް ނިކުތީ އޭނާގެ އާއިލާއާއިއެކުއެވެ. ވަރަށް ގިނަ މީހުން ވަނީ އޭނާއާއި އެކު ފޮޓޯވެސް ނަގައިފައެވެ.
އިންސްޓަގްރާމްގައި ފޮޓޯ ހިއްސާކުރުމުން ޝާހުގެ ފޭނުން ވަނީ ޝާހު ޅައިރު ހުރި ގޮތާއި ސޫރަޖު މިހާރު ހުރި ގޮތް ވަރަށް ވައްތަރުކަމަށް ބުނެފައެވެ.
[caption id="attachment_186363" align="aligncenter" width="300"]<img class="wp-image-186363 size-medium" src="https://cdn.dhen.mv/wp-content/uploads/2023/06/044-Shah-look-alike-Sooraj-300x167.jpg" alt="" width="300" height="167" /> ޝާހުއާ ވައްތަރު ސޫރަޖް[/caption]
ސޫރަޖްގެ ގިނަ ވީޑިއޯތަކުގައި އޭނާގެ ހަރަކާތްތައްވެސް ބަހައްޓާފައިވަނީ ޝާހުގެ ހަރަކާތްތައް ހުންނަ ގޮތަށެވެ. މީގެ ސަބަބުން ކުދި ކުދި ހަފްލާތަކަށް ސޫރަޖު ގެންދެއެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވަނީ އިވެންޓުތަކަށް އޭނާ ބުކް ކުރެވޭނެކަން އިއުލާންވެސް ކޮށްފައެވެ.
ބޮލީވުޑް ތަރިންނާއި ވައްތަރު މީހުންނަށް އިންޑިއާގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބެއެވެ. މީގެ ކުރިން ސަލްމާން ހާން، ޓައިގާ ޝްރޯފް އަދި އައިޝްވާރިޔާ ރާއީ ފަދަ ތަރިންނާއި ވައްތަރު މީހުންނަށްވެސް އިންޑިއާގައި ބޮޑު މަޝްހޫރުކަމެއް ލިބުނެވެ.
ޝާހުއަކީ އިންޑިއާގައި ހުރި އެންމެ ނުފޫޒުގަދަ ތަރިއެވެ. ނުވަދިހައިގެ ކުރީކޮޅުން ފެށިގެން ބޮލީވުޑްގައި ރަސްކަން ކުރަމުން އަންނަ ޝާހުއަކީ އަދިވެސް އެންމެ ޑިމާންޑު ބޮޑު އެއް ތަރިކަން ފާހަގަކޮށްލެވެއެވެ.
ޝާހު ދެން އެންމެ އަވަހަށް ފެންނާނީ އަތުލީގެ އެކްޝަން ފިލްމު "ޖަވާން" އިންނެވެ. މީގެ އިތުރުން ފިލްމު "ދުންކީ" ގެ މަސައްކަތް ފަށަންވެސް އޭނާ ދަނީ ތައްޔާރުވަމުންނެވެ.






ކޮމެންޓް