އޮސްޓްރޭލިއާ ދުނިޔެ

ހަތަރު ދަރިން މަރާލި މަންމައަށް މަޢާފު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ އެންމެ ނުރައްކާތެރި އަންހެން ސީރިއަލް ކިލާގެ ގޮތުގައި މަޝްހޫރުވި މީހާއަށް 20 އަހަރު ފަހުން މަޢާފު ދީފިއެވެ.

Ads by WAMCO

ނިއު ސައުތު ވޭލްސްގެ އެޓާނީ ޖެނެރަލް މައިކަލް ޑޭލީ ވަނީ ކެތުލީން ފޮލްބިގް ނަމަކަށް ކިޔާ މި އަންހެން މީހާ މިނިވަން ކުރުމަށް އަމުރު ކޮށްފައިވަނީ  އޭނާގެ ތުއްތު ހަތަރު ދަރިންގެ މަރުގެ ކުށް އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާތިލް ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ފާހަގަވުމުން ކަމަށެވެ.

2003 ވަނަ އަހަރު ކެތުލީން  ޖަލަށް ލީ 1989 ވަނަ އަހަރުން ފެށިގެން ދިހަ ވަރަކަށް އަހަރު ތެރޭގައި އޭނާގެ ހަތަރު ތުއްތު ކުދިން މަރުވުމާ ގުޅިގެން ގަސްދުގައި މީހަކު މެރުމުގެ ތިން ދަޢުވާއަކާއި، ގަސްދުގައި މީހަކު މެރުމުގެ ކުށުގައެވެ.

އޭނާ ހައްޔަރުކުރީ މިއިން ކޮންމެ ހާދިސާއެއްގައިވެސް ދަރިފުޅު މަރުވެފައި އޮއްވައި އެންމެ ކުރިން ފެނުނު މީހަކީ ކެތުލީން ކަމަށްވެފައި އެކުދިންގެ މަރުގެ މައްސަލައިގައި އިތުރު "ޖިސްމާނީ ހެއްކެއް" ފެނިފައިނުވާތީއެވެ. އަދި އެއްއާއިލާގެ ހަތަރު ކުރިން އެއްވެސް މައްސަލައަކާއި ނުލައި އުމުރުން 2 އަހަރުވުމުގެ ކުރިން މަރުވުމަކީ އެކަން ބަލަން ޖެހޭނެކަމެއްކަމަށް އެޤައުމުގެ ކޯޓުގެ ޖޫރީންނަށް ފެންނާތީކަމަށް ރިޕޯޓްތައް ބުނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!