ބޮލީވުޑް މުނިފޫހިފިލުވުން

ކަރީނާގެ ކިބައިން ވަގަށް ނަގާނީ އޭނާގެ ސުޕަސްޓާ ކޮލިޓީ: ޝާހިދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކަރީނާ ކަޕޫރު ހާން އަދި ޝާހިދު ކަޕޫރު

ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު ހާންގެ ކިބައިން އެއްޗެއް ވަގަށް ނަގަން ލިބިއްޖެނަމަ ނަގާނީ އޭނާގެ ގައިގައި ހުރި ސުޕަސްޓާ ކޮލިޓީ ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރު ބުނެފި އެވެ.

Ads by MWSC

ޝާހިދުއާއި ކަރީނާ ލޯބީގެ ގޮތުން ގިނަ އަހަރުތަކެއް ވަންދެން ގުޅިގެން އުޅުނެވެ. ދެމީހުން ދުރުވުމަށްފަހު ކަރީނާ ގުޅުނީ އެކްޓަރު ސައިފް އަލީ ހާން އާއެވެ. 2012 ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުމަށްފަހު ކަރީނާއާއި ސައިފް އަދިވެސް އުޅެނީ އެކީގަ އެވެ. މިހާރު އެ ދެމީހުންގެ ދެކުދިންވެސް ތިބެ އެވެ.

އަނެއްކޮޅުން ޝާހިދުވެސް ވަނީ މީރާ ރާޖުޕޫތާއި ކައިވެނިކޮށްފަ އެވެ. 2015 ވަނަ އަހަރު ކުރެވުނު މި ކައިވެންޏަށްވެސް ދެ ކުދިން ތިބެ އެވެ.

ކަރީނާއާއި ޝާހިދު ރުޅިވުމަށްފަހު ދެމީހުންގެ ގުޅުން ވަރަށް ގޯހެވެ. އަހަރުތަކެއް ވަންދެން ދެމީހުން އެކީގައި އެއްވެސް މަސައްކަތެއްވެސް ކޮށްފައެއް ނުވެ އެވެ. 2016 ވަނަ އަހަރު ނިކުތް "އުޅުތާ ބަންޖާބު" ގައި ދެމީހުން ފެނިގެން ދިޔަނަމަވެސް ދެމީހުން އެއްކޮށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ކަރީނާގެ ކިބައިން އެއްޗެއް ވަގަށް ނަގަން ލިބިއްޖެނަމަ ޝާހިދު ނަގާނީ ކޮން އެއްޗެއްތޯ އޭނާ ކައިރިން ސުވާލު ކުރުމުން ޝާހިދު ބުނީ ކަރީނާގެ ކިބައިގައި ފެށުނީއްސުރެއްވެސް އެއް ކޮލިޓީއެއް ހުންނަ ކަމަށެވެ. އެއީ ސުޕަސްޓާ ކޮލިޓީ ކަމަށާއި އެހެންކަމުން ވަގަށް ނަގާނަމަ ނަގާނީ އެ ސިފަ ކަމަށް ޝާހިދު ބުންޏެވެ.

ޝާހިދާއި ސައިފް ބައްދަލުވެއްޖެނަމަ ވާނީ ކިހިނެއްތޯވެސް ސުވާލު ކުރި އެވެ. ޝާހިދު ބުނީ ސަލާން ކޮށްލައި "ހައި" އޭ ބުނާނީ ކަމަށެވެ. ޝާހިދު ބުނީ ސައިފްއާއިއެކު މީގެ ކުރިން ފިލްމީ މަސައްކަތްވެސް ކޮށްފައިވާނެ ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި އެއްވެސް ރުޅިވެރިކަމެއް ނެތްކަމަށްވެސް ޝާހިދު ބުންޏެވެ.

ޝާހިދަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑިންގް އެއް އެކްޓަރެވެ. އަނެއްކޮޅުން ކަރީނާވެސް ވަނީ ބޮލީވުޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައި އޭ ލިސްޓު ތަރިންގެ ލިސްޓުން ޖާގަ ކަށަވަރުކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!