Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ނަޝީދުގެ މައްސަލައިގައި ސޮއި ނުކުރައްވާ ހަތަރު މެމްބަރުން އެމްޑީޕީގައި

ރައީސް ނަޝީދުގެ މައްސަލައިގައި ސޮއި ނުކުރައްވާ ހަތަރު މެމްބަރުން އެމްޑީޕީގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގައި ނެގި ވޯޓުގައި ނަޝީދާއި އެއްކޮޅަށް ވޯޓު ދެއްވި ހަތަރު މެމްބަރުން ހާމަވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕީޖީން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްކޮށްފައިވާކަން ހާމަކުރެއްވީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެވެ. އިއްޔެ ނެގި ވޯޓުގައި 42 މެމްބަރަކު ބައިވެރިވެވަޑައިގެންނެވިއިރު 36 މެމްބަރަކު ރައީސް ނަޝީދު ވަކިކުރަން ވޯޓު ދެއްވި އެވެ.

ނަޝީދާއި އެއްކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ނަންތައް ހާމަކުރަން މީޑިއާއިން އެދުމުން އަސްލަމް ވަނީ އެކަމާއި ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ މެމްބަރުންނާއި މެދުގައި ފިޔަވަޅު ނާޅުއްވާނެކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

އެނގިފައިވާ ގޮތުގައި ނަޝީދާއި އެއްކޮޅަށް ވޯޓު ދެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ފަސްވަނަ މެމްބަރު އަދި ހާމައެއް ނުވެ އެވެ. ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ މައްސަލައިގެ ލިޔުމުގައިވެސް މިމެމްބަރުން ސޮއިކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ އެމްޑީޕީގެ މިވަގުތު ތިއްބެވީ 56 މެމްބަރުންނެވެ. އެހެންކަމުން އެޕާޓީއަށް މިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފަ އެވެ. އެހެންނަމަވެސް އަދިވެސް މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާ މައްސަލައިގައި މިހާތަނަށް 50 މެމްބަރަކު ސޮއިކުރައްވާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި އަމިއްލަ މެމްބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް