އިންތި އެމްޑީޕީ ސިފަ ކުރެއްވީ ވަގުންގެ ނެޓްވޯކެއްގެ ގޮތުގައި, ވިދާޅުވީ ސަލާމަށްކޮށްދޭނެ ކަމަށް
ވެރިކަން ހިންގަމުން އަންނަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ސިފަކޮށް, ދިވެހިން އެ ޕާޓީގެ ކިބައިން ސަލާމަތްކޮށްދޭނެ ބަޔަކީ އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ ވިދާޅުވެއްޖެއެވެ.
ކުރިން އެމްޑީޕީ ޖަގަހަ ހިންގަމުން އައި ތަނުގައި, ހުދު ކުލަލާ, އެތަނުގައި ޑިމޮކްރެޓްސް އިން ވަނީ ރޭ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
“ދިވެހި ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ވަނީ އެމްޑީޕިއަށް ގެއްލިފައި. އެހެންވީމަ އަޅުގަނޑުމެން އާ ރޫހެއްގައި, އައު އަޒުމެއްގައި, އާ ހިތްވަރަކާއެކުގައި ދިވެހި ރާއްޖެ ސާފު މަގަށް ގެނައުމަށްޓަކައި ޑިމޮކްރެޓްސް އުފެއްދީ” ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވިއެވެ. އިންތި އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ސަރުކާރަކީ އެމްޑީޕީ ނޫން ކަމަށާއި, އެއީ ވަގުންގެ ނެޓްވޯކެއް ކަމަށާއި, އެ ނެޓްވޯކް ފުނޑާލާނެ ކަމަށެވެ.
“އިރާދަ ކުރެއްވިއްޔާ މި ޚުދުމުހުތާރު, އަނިޔާވެރި, އިންސާފުވާއި ހަމަހަމަކަން ނަގާލަމުންދާ, ވައްކަމުގެ ނެޓްވޯކްގެ ކިބައިން މި ރާއްޖެ ސަލާމަތް ކުރާނަން. އެމްޑީޕީއެއް ނޫން އެއީ, ވަގުންގެ ނެޓްވޯކެއް އެއީ, އެ ނެޓްވޯކް އަޅުގަނޑުމެން ފުޑާލާނަން”
އިންތިގެ ވާހަކަފުޅުގައި މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ. އަދި އެމްޑީޕީއަށް އަލަށް ގުޅޭ މީހުން ރައީސް ނަޝީދަށް ޑިމޮކްރަސީ ކިޔައިދޭ ކަމަށާއި އެއީ އެމްޑީޕީގެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. އިންތި ވިދާޅުވީ ރާއްޖޭގެ މުސްތަގްބަލު ބިނާކުރެއްވުމަށް އެންމެ އަނިޔާވެރި ދުވަސްތަކުގައި ނަޝީދު މަސައްކަތް ކުރެއްވިި ކަމަށާއި ޓިނު ގޮޅި އާއި ބޮމުގެ ހަމަލާއިން ސަލާމަތްވެ ވަޑައިގެން، ވެއްޓުނު ވަރަށް ވުރެ ކުރިއަށް އަދިވެސް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
ސިޔާސީ ގޮނޑީގައި ވެސް ސޭލް މާރުކޭޓް ގޮޅީގައި ވެސް ސޭލް !
މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މާރުކޭޓްގައި ސިޔާސީ މީހުން ސިޔާސީ ގޮޅިތަށް ބެހިފައިވަނީ 4 ކެޓަގަރީއަކަށް !
1/ ޖީއެމްއާރު ޗޯރުން
2/ އެމްއެމްޕީއާރުސީ ޗޯރުން
3/ ވެންޓިލޭޓަރު ޗޯރުން
4/ ފޯޅަވަހި ޗޯރުން
މިއިން ކެޓަގަރީއެއްގައި ނުލައްވާ ސިޔާސީ މީހަކު މަދުވާނެ !
އެންމެ ފުރަތަމ ރާއްޖެ ދަރަނިވެރި ކުރުވާ 16.5 ބިލިއަންގެ ޓީބިލް ދަރަނި ނެގި ޗޯރު އަތޮޅުތަކާއި ރަށްރަށިގެ ރައްޔިތުންގެ އެކައުންޓްތަކުން 20 ބިލިއަންރުފިޔާ ނެގި ޗޯރު ބިދޭސީންގެ ޑިޕޮޒިޓް ގަ ހުރި 1.2 ބިލިއަނރުފިޔާ ނެގި ޗޯރު.