Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން މާދަމާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އޭނަގެ މި ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އެކަމަކު ސީޝެލްގެ ރައީސް ތިން ދުވަހުގެ ދަތުރާ ދިމާކޮށް މާލޭގެ މާލޭގެ އެއް ނަންބަރު ފާލަން ކައިރިން އުޅަނދުފަހަރު ނަގަން ފުލުހުން ވަނީ އަންގައިފައެވެ.

އެގޮތުން މާލޭގެ ޖެޓީ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށ ފަޅަށް ވަދެ ނުކުމެ ހެދުން އެކި ވަގުތުތަކުގައި ބަންދު ކުރަން ނިންމާފައިވާ އިރު، އެ ސަރަހައްދު ފަޅުގައި އަޅާފައިވާ އުޅަނދުތައް އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ނަގަން ފުލުހުން އެދިފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަންނަވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވަޑައިގެން ގައުމުތަކުގެ ތެރޭގައި ސީޝެލްސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް