ޚަބަރު ސިޔާސީ

ދީނީ ދަރުސްތަކުގައި ދައްކަންވީ ވާހަކަ އިލެކްޝަނަކަށް ކަނޑަނޭޅޭނެ: ޑރ.އިޔާޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ދީނީ ދަރުސްތަކާއި، ދީނީ އެކި މައުލޫމާތުތައް ދިނުމުގައި ދައްކާ ވާހަތައް ކަނޑައެޅުމުގެ ހައްގު އިލެކްޝަނަސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިޔާޒު މިފަދައިން ވިދާޅުވީ ދީނީ ނަސޭހަތް ދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން މަސައްކަތް ކުރުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކުރުމާއި ގުޅިގެެންނެވެ.

އިޔާޒު ވިދާޅުވީ ރާއްޖޭގައި ދީނީ އިލްމުފެތުރުމާއި، މައުލޫމާތު ދިނުމާއި، ދަރުސްތަކުގައި ދައްކަންޖެހޭ ވާހަތައް ކަނޑައެޅުމުގެ ހައްގު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.

އަދި އެއްވެސް މުއައްސަސާ އަކުން އެމީހުންގެ އިޚްތިޞާޞުން ބޭރުކަންތަކާއި ބެހިގެން ނުވާނެ ކަމަށާއި ދީނީ ދަރުސްތަކުގައި ބަހައްޓަންޖެހޭ ހަމަތަކާއި އުޞޫލުތައް ނިންމާނީ އިސްލާމިކް މިނިސްޓްރީން ކަމް އިޔާޒު ވިދާޅުވިއެވެ.‬⁩ “އެއީ އިލެކްޝްން ކޮމިޝްނާއި ކުޑަކޮށްވެސް ގުޅުމެއް ހުރި މައްސަލަ އެއް ނޫން” އިޔާޒު ވިދާޅުވިއެވެ.

ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުގައި ބުނެފައިވަނީ ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ބާއްވަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި ދީނީ އެކިއެކި މުނާސަބަތުތަކުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސްކޫލްތަކާއި، މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ުނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

  1. ހާއުފާ

    އިސްލާމްދީނުގެ ހަމަތަކާ އުޞޫލުތައް ނެތިކޮށްލުމަށް އިލެކްޝަނުން ތިޔަކުރައްވާ މަސައްކަތަށް ނަފުރަތުކުރުމާއެކު އިހުތިޖާޖުކުރަން.

  2. އިސްރާއީލް އަކީ ފަލަސްތީން ބިން ފޭރިގަނެ ފަލަސްތީން ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ޓެރެރިސްޓް ޖަމާޢަތެއް، އެމެރިކާ މެދުވެރިކޮށް ދިވެހިންނަށް އެހީވުމަކީ އިޒްރާއީލުގެ ޓެރެރިސްޓުކަން ފިލައިގެންދާނެ ކަމެއްނޫން !

  3. ރަސީދު ފޭދޫ

    މީނާޔަކީ މީނާހިތައްއައިގޮތަކައް ދޮގުމައުލޫމާތުފަތުރާ ނަހީކުރެއްވި ކަންތައް ވެސް މީނާބޭނުންވީމާހުއްދަކަމައްވާހަކަދައްކާ މުނާފިގެއް