Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަހަރު ރިޔާސީ އިންތިޚާބުގައި 282,672 މީހުންނަށް ވޯޓް ލެވޭނެ

މިއަހަރު ރިޔާސީ އިންތިޚާބުގައި 282,672 މީހުންނަށް ވޯޓް ލެވޭނެ

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 282،672 މީހުންނަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާއްމުކޮށް, ޝަކުވާއަށް ހުޅުވާލާފައެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހަށެވެ. ވޯޓުލާމީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާމީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުންވެސް ކުރެއްވުން ވަރަށް މުހިންމުކަމެެއްކަމަށް ލިސްޓް އާއްމު ކުރައްވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅުއްވައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުވައިގެން ޗެކްކުރެވޭނެއެވެ. ދާއިމީ ލިސްޓު ބެލުމުގެ ފުރުސަތު އީސީގެ ވެބްސައިޓުގެ އިތުރުން ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ލިބޭނެ އވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް