ޚަބަރު ސިޔާސީ

މުޒާހަރާގައި ފުލުހެއްގެ އަތުގައި ދަތް އެޅި މީހާގެ ބަންދަށް ފަސް ދުވަސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި ޕީޕީއެމް-ޕީއެންސީ އިން ބޭއްވި އެއްވުމެއްގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅި އަންހެނަކު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

Ads by Sosun Fihaara

މިކަން ހިނގާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރުގައި ވިދާޅުވެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަން، ދެ ފުލުހެއްގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރުން ހައްޔަރު ކޮށްފައިވާ ފަރާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ޖަލަށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް، ހައި ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!