ޚަބަރު ރައްޔިތުންގެ މަޖިލިސް

މިއަދު ހިތަށްއަރާ އަޅުގަނޑު ހާދަ އަހުލާގު ރަނގަޅޭ: ޖާބިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިިިރުގެ އަމިއްލަފުޅަށް އެމަނިިކުފާނުގެ އަހްލާގް ހާދަ ރަނގަޅޭ ހިިތްފުޅަށް އަރާކަމަށް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަމަނުޖެހުން ބޮޑުވި މިއަދުގެ ޖަލްސާގައިި ނިިޒާމީ ނުކުތާ ނަންގަވައިި ޖާބިރު ވިދާޅުވީ މަޖިލީސް ކޮޅެއްގައި ޖެއްސެވުމަށް ހުރިހާ މެމްބަރުން މަސައްކަތް ކުރުމަށެވެ.

"މިއަދު އަޅުގަނޑު ހިތައްއަރާ އަޅުގަނޑު ހާދަ އަހުލާގު ރަނގަޅޭ. އަޅުގަނޑު މިއެދެނީ މަޖިލިސް ކޮޅެއްގަ ޖައްސަމާ ހިނގާށޭ. މިއަދު މިކަން ނިންމާފައޭ އަޅުގަނޑު ދާނީ،" ޖާބިރު ވިދާޅުވިއެވެ.

ނިިޒާމީ ނުުކުތާތަކާއި އަޑުގަދަ ކުރުންތަކުގެ ސަބަބުން މަޖިލީހުގެ ޖަލްސާމިއަދުވެސް ނިންމާލާފައިވާއިރު މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. މިމައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

އެ މެންބަރުން އަޑުގަދަ ކުރައްވަން ތިއްބަވަނިކޮށް އަފީފަށް ފޯނު ކޯލެއް އައިސްގެން އެ ފޯނު ނަންގަވާ މަންޒަރު ފެނެއެވެ. އަދި "މި ނިންމާލަނީ، މި ނިންމާލަނީ، މި ނިންމާލަނީ" ވިދާޅުވެ އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!