ޚަބަރު ސިޔާސީ

ބައެއް ސިޔާސީ ލީޑަރުން ވެރިކަމުގެ ދަހިވެތިކަމުގަ ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)

ބައެއް ސިޔާސީ ލީޑަރުން ވެރިކަމުގެ ދަހިވެތިކަމުގަ ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ދަހުވެތިކަމުގައި ކޮންމެ ފަދަ ދޮގެއްވެސް ސިޔާސީ ލީޑަރުން ހަދާފާނެ ކަން ޗޯގޯސް މައްސަލާގައި ދައްކާ ވާހަކަތަކުން އެނގިގެންދާ ކަމަށެވެ. އަދި ޗާގޯސްއަކީ ވޭތުވެދިޔަ 500 އަހަރުތެރޭ ވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިންގާ ތަނެއް ކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ބޭރު ދުނިޔެއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަ ބައެއް ރިޔާސީ ކެނޑިޑޭޓުން ދައްކަވާ ކަމަށާއި އެ ވާހަކަތައް ދައްކަވަނީ ޤައުމަށް ލިބިދާނެ ބޮޑު ގެއްލުމަކާ މެދު އެއްވެސް ފަރުވާލެއް ނެތި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤައުމެއްގެ ވެރިއަކަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޒިންމާދާރު ބަޔަކަށް ވާން ޖެހޭ ކަމަށާއި ރައްޔިތުން އޮޅުވާލުމަށް ބޮޑެތި ދޮގު ހައްދަވާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. “ޤައުމުގެ އެންމެ މަތީ މަސްލަހަތާ މެދު ފަރުވާތެރިވާ ބަޔަކަށް ވާން ޖެހޭ” ޝަރީފް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޢަހްމަދު

    ސަރީފް ތީ އޭގެ އެކަކު

  2. ދޮށީބޭ

    ހާދަތެދުވެރި ކުއްޖެކޭ ޝަރީފުކޮއި ތިޔައީ،ހިނގަ ވާދަކޮށްލަމާ! ސަޅިވާނެ.

  3. ޕްރިޕެއިޑް

    ޝަރީފުތީތިކަހަލަވާހަކަދެއްކޭވަރައްވުރެެ ތިހުރިހާކަމަކައްއަރައިގަންނަމީހެއްކަމައްް މީހުންބުނެއުޅެނީީ ޝަރީފުތިތެޅޭތެޅުމަކުންވެސްް ފުދޭޭ ކައިފިކަންް ކަމުންގެންދާކަންް ލިބޭފައްވަރުބޮޑިި ހިތައްއެރީމާމޮޔަގޮނިއްޔޯލަަ މާމޮޅުމާވަރުގަދަަ މީހެއްކަމައްހެދިގެންް ތީބޮޑުސޮހޮލެއްް އެއްވެސްކަމެއްކޮއްދެވޭމީހެއްނޫންް ދެންވެސްް އަގަނުކޮފާާ ގެޔައްފެއްސޭޭ ތީކާކުތަަ ތީއްޗެއްގެެ ވަރުގަޑުވެނިއްޖެެ މައިތިރިއަރައިގެންް ބަޗާާ