Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

‎ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނެއްގެ ހާލު ސީރިއަސް

ހދ. ކުޅުދުއްފުށީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު، މީހަކު ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށް ޒަހަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަަށް އަރުވައިގެން ގެންގޮސް އަނިޔާ ކޮށްފައިވާ މައްސަލައެއް ރޭ 20:48ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި ބަލި ހާލަތު ސީރިއަސްވުމުން އިތުރު ފަރުވާދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެެވެ.

ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް